ޞައްޙަ ލިޔެކިޔުންތައް ނެތި އުޅެމުންދިޔަ ތިން ބިދޭސީއަކު ހުޅުމާލެއިން އަތުލައިގެންފިއެވެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީން ހޯދުމަށް ޓާސްކް ފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން، އިއްޔެ ރޭ ހުޅުމާލޭގައި ހުރި ބިދޭސީން ދިރިއުޅޭ އިމާރާތެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީން ހޯދުމަށް ޓާސްކް ފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން، އިއްޔެ ރޭ ވަނީ ހުޅުމާލޭގައި ހުރި ބިދޭސީން ދިރިއުޅޭ އިމާރާތެއް ބަލައި ފާސްކޮށްފައި. މި އޮޕަރޭޝަނުގައި، ސައްހަ ލިޔެކިޔުންތައް ނެތި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ… pic.twitter.com/KNvqPsWM6o
— Maldives Immigration (@ImmigrationMV) May 29, 2025
މިގޮތުން މި އޮޕަރޭޝަނުގައި، ސައްހަ ލިޔެކިޔުންތައް ނެތި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ތިން ބިދޭސީއަކު އަތުލައިގެންފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި އިމިގްރޭޝަނުން ދަނީ ދޭތެރެދޭތެރެއިން މިފަދަ އޮޕަރޭޝަންތައް ހިންގަމުންނެވެ.
މި ލިޔުން ކިޔާލުމުން