ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އަޒަރުބައިޖާންގެ މިނިވަން ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އެ ޤައުމުގެ ރައީސް އިލްހާމް ހެއިދަރު އޮގްލޫ އަލިޔެވް އަދި ބޮޑުވަޒީރު ޢަލީ ހިދާޔަތު އޮގްލޫ އަސަދޯވް އަށް ފޮނުއްވައިފިއެވެ.
މި ދެ ބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖުގައި ރައީސް ވަނީ މި ތާރީޚީ ދުވަހަކީ އަޒަރުބައިޖާންގެ ރައްޔިތުންގެ ކެތްތެރިކަމާއި އެއްބައިވަންތަކަން އަދި އެ ޤައުމުގެ އިސްތިޤުލާލާ ހަމައަށް ކުރި ދަތުރު ރަމްޒުކޮށްދޭ ދުވަހެއް ކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން ރައީސް ވަނީ އަޒަރުބައިޖާނުގެ ރައީސާއި ބޮޑުވަޒީރަށް ދުޅަހެޔޮކަމާއި އުފަލަށް އަދި އެ ޤައުމުގެ ރައްޔިތުންގެ ކުރިއެރުމާއި ތަނަވަސްކަމަށް އެދިވަޑައިގެންފައެވެ.
ރައީސް ވަނީ އެމަނިކުފާނުގެ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައިވެސް ކުރިއަށް އޮތް އަހަރުތަކުގައި އަޒަރުބައިޖާނާއެކު އެކުވެރިކަމާއި އެއްބާރުލުން ބަދަހިކުރުމަށް ރާއްޖެއިން ތައްޔާރުކަމުގެ ޔަޤީންކަން ދެއްވައިފައެވެ.
Warm greetings to HE President Ilham Heydar oglu Aliyev @presidentaz, HE PM Ali Hidayat oglu Asadov and the people of Azerbaijan on your Independence Day. This historic day reflects the resilience and unity of the Azerbaijani people. The Maldives remains committed to… pic.twitter.com/lS43cxQHbO
— Dr Mohamed Muizzu (@MMuizzu) May 28, 2025
އަޒަރުބައިޖާނުގެ މިނިވަން ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް މޭ މަހުގެ 28 ވަނަ ދުވަހުއެވެ.
މި ލިޔުން ކިޔާލުމުން