ހުޅުމާލޭގައި މިރޭ ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
މިގޮތުން އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ރިވެލި ބީޗުގައި ކަމަށާއި، ހަވާ އަރުވާނީ މިރޭ 20:00 ގައި ކަމަށެވެ.
ހުޅުމާލެ ފޭސް 1ގެ ރިވެލި ބީޗުގައި މިރޭ 20:00ގައި ހަވާ އެރުވުމަށް ވަނީ ހަމަޖެހިފަ. ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ)އިން ކުރިއަށްގެންދާ މި ހަރަކާތް ކުރިއަށް ދާނީ 3 މިނެޓެއް ހާ އިރު.
— Maldives National Defence Force (@MNDF_Official) May 28, 2025
އެމްއެންޑީއެފުން ބުނީ މިއީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ. އަދި ހަވާ އެރުވުމުގެ ހަރަކާތް ތިން މިނެޓެއް ހާއިރު ވަންދެން ކުރިއަށްދާނެ ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
ހަވާ އެރުވުމަކީ އެމްއެންޑީއެފްގެ ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ވިޔަފާރީގެ އުޞޫލުން ދެމުންގެންދާ ޚިދުމަތެކެވެ. ސިޔާސީ ބައެއް ހަރަކާތްތަކާއި، ކައިވެނި ޙަފްލާތަކާއި އެނޫންވެސް ބައެއް ހަރަކާތްތަކުގައި ހަވާ އެރުވުމަކީ މިހާރު ވަރަށް އާންމު ކަމެކެވެ. ހަވާ އަރުވާ ވަގުތުތަކުގައި ގިނަ އަދަދެއްގެ މީހުން މަންޒަރު ބަލާލައި، ފޮޓޯއާއި ވީޑިއޯ ނެގުމަށް އެ ސަރަހައްދަކަށް ޖަމާވެއެވެ. މިއީ ޚާއްޞަކޮށް ކުޑަކުދިންނާއި ޒުވާނުން ވަރަށް ޝައުޤުވެރިވާ ހަރަކާތެކެވެ.
މި ލިޔުން ކިޔާލުމުން