ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ މައްސަލައަކާއި ގުޅޭގޮތުން އުއްތަމަފަނޑިޔާރު އަލްއުސްތާޛު މުޢުތަސިމް ޢަދުނާނު, މުއާމަލާތް ކުރެއްވި ކަމަށް ބުނެ ރާއްޖެއެމްވީ ފަތުރަމުންދާ ޚަބަރަކީ ދޮގެއް ކަމަށް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދޮގު ކުރައްވައިފި އެވެ.
އެކަން ދޮގު ކުރައްވާ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އޮފީހުން ވަނީ ބަޔާނެއް ވެސް ނެރުއްވާފައެވެ.
"އަލިފުން ޔާޔަށް އޭގައި ހުރި ހުރިހާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު" ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ބަޔާނުގައި ވިދާޅުވިއެވެ.
Supreme Court ah hushahelhifavaa masala akaa gulhuvai Uththama Fandiyaaru Al-usthaz Mu’thasim Adnan alhugandaa muaamalaaiy kurevvi kamah RaajjeMV in 26 May 2025 ga shaaiu koffavaa khabaruga kudaves hageegatheh neiy! Mibaavathuge boduvegen vaa fithunaveri dhogu vaahaka fethurun… pic.twitter.com/YPnzsfJKFb
— Mohamed Nasheed (@MohamedNasheed) May 26, 2025
ނަޝީދު ވިދާޅުވީ މުއުތަސިމް އަދުނާނަކީ އެމަނިކުފާނުގެ ނަޒާހަތްތެރިކަމާމެދު ދުވަހަކު ވެސް ސުވާލު އުފެދިފައިވާ ބޭފުޅެއް ނޫން ކަމަށެވެ. އަދި ތެދުވެރިކަމާއި އަމާނަތްތެރިކަމާ އެކުގައި މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އުފުއްލަވާނެ ބޭފުޅެއް ކަމާމެދު ވެސް ކުޑަވެސް ޝައްކެއް އުފެދިފައިވާ ބޭފުޅެއް ނޫންކަމަށެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމަށް މުއުތަސިމް އައްޔަނު ކުރީވެސް އެ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވަނީ އެފަދަ ފިތުނަވެރި ދޮގު ވާހަކަރައް ފެތުރުން ހުއްޓާލަން ގޮވާލައްވާފަ އެ
މި ލިޔުން ކިޔާލުމުން