މި އަހަރުގެ ދިވެހި ޙައްޖުވެރިންނާއެކު އިސް ޝެއިޚަކަށް އައްޝައިޚް މުޠީޢު އިސްމާޢީލް މުޙައްމަދުކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ހާމަކުރި ގޮތުގައި، މި އަހަރުގެ ދިވެހި ޙައްޖުވެރިންނާއެކު އިސް ޝެއިޚަކަށް ވަޑައިގަންނަވާނީ އައްޝައިޚް މުޠީޢު އިސްމާޢީލް މުޙައްމަދެވެ. ޝައިޚް މުޠީޢު އަކީ އިސްލާމިކް މިނިސްޓްރީގެ ނާއިބެކެވެ.
ކޮންމެ އަހަރަކުވެސް ދިވެހި ޙައްޖުވެރިންގެ ކަންކަން ބެލެހެއްޓުމަށް ދީނީ ޢިލްމުވެރިއަކު ހަމަޖެއްސުމަކީ އީ އާދަވެފައިވާ ކަމެކެވެ. މި އަހަރު އެ މަޤާމަށް ޝައިޚް މުޠީޢު ހޮވިފައިވަނީ އެމަނިކުފާނުގެ ދީނީ ޢިލްމުވެރިކަމާއި ތަޖުރިބާއަށް ބަލައިގެންކަމަށް ބެލެވެއެވެ.
މި އަހަރުގެ ޙައްޖުގެ އަޅުކަމަށްދާ ދިވެހީންގެ ފުރަތަމަ ގުރޫޕް މިއަދު ފުރާނެކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. މި އަހަރުވެސް ރާއްޖެއިން ހާހަކަށް ވުރެ ގިނަ ދިވެހީން ޙައްޖުގެ އަޅުކަމަށް ފުރާނެކަމަށް ލަފާކުރެވެއެވެ.
މިދިޔަ އަހަރުން ފެށިގެން ދިވެހީން ޙައްޖަށް ގެންދިއުމުގެ ކަންކަން ކުރަމުން އަންނަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުންނެވެ. އެ ކޯޕަރޭޝަނުން ދިވެހި ޙާޖީންނަށް ފަސޭހަކޮށްދިނުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅަމުންދާކަމަށް ބުނެފައިވެއެވެ
މި ލިޔުން ކިޔާލުމުން