ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަލީ ޒުހައިރު، އާރުޑީސީގެ ހއ. ދިއްދޫ ސައިޓުގައި މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފިއެވެ.
އާރުޑީސީން މިއަދު ބުނީ އެ ސައިޓުގެ މަސައްކަތް ކުރިއަށްދާ ގޮތް އެމްޑީ ބައްލަވާލައްވާފައިވަނީ ނޯތު ރީޖަންގެ ބައެއް ރަށްތަކުގައި އެ ކޯޕަރޭޝަނުން ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކަމަށެވެ.
ނޯތު ރީޖަންގެ ބައެއް ރަށްތަކުގައި މި ކޯޕަރޭޝަނުން ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް މެނޭޖިންގ ޑިރެކްޓަރ ކުރައްވާ ދަތުރުފުޅުގައި މިއަދުވަނީ ހއ. ދިއްދޫއަށް ވަޑައިގެން ސައިޓުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ބައްދަލު ކުރައްވާ މަސައްކަތްތައް… pic.twitter.com/vi0ebnzNIP
— Road Development Corporation Ltd (@rdcmaldives) May 26, 2025
މިގޮތުން އެމްޑީ ޒުހައިރު ވަނީ މިއަދު ހއ. ދިއްދޫއަށް ވަޑައިގެން ސައިޓުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ބައްދަލުކުރައްވައި، މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފައެވެ.
މި ވަގުތު އުތުރު ސަރަހައްދުގައި އާރްޑީސީން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރޭގައި ތިން ރަށެއްގެ މަގުހެދުމުގެ މަޝްރޫޢު ހިމެނެއެވެ. އެއީ ހއ. ދިއްދޫ، ހއ. އިހަވަންދޫ، އަދި ކުޅުދުއްފުށި ސިޓީއެވެ.
މި ލިޔުން ކިޔާލުމުން