ސަރުކާރުން އިއުލާންކޮށްފައިވާ ގައުމީ ހިދުމަތުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް މިހާތަނަށް 600 އަށްވުރެ ގިނަ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި އިއްޔެ އޮތް ''ގޭންގް ކުށްތައް މަނާކުރުމާއި ބެހޭ ބިލް" ތަސްދީގުކުރެއްވުމަށް ފަހު، ނޫސްވެރިންނާއި ބައްދަލުކުރައްވާ ރައީސް ވިދާޅުވީ އޭގެ ތެރޭގައި 18 އަހަރުން ދަށުގެ 316 ކުއްޖަކު ވެސް ބެލެނިވެރިޔާގެ ހުއްދައާ އެކު ޕްރޮގްރާމްގައި ބައިވެރިވާން ހުށަހަޅާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. މުޅޅި ޖުމުލަ ހުށަހަޅާފައިވަނީ 658 މީކެކެވެ. ގައުމީ ހިދުމަތުގައި ބައިވެރިވުމުގެ ފުރުސަތު ޖޫން މަހުގެ އެއްވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ.
މިކަމަށް މިހާބޮޑު ތަރުހީބެއް އަދި ޝައުގުވެރިކަން ފާޅުކުރުމަކީ މި ޕްރޮގްރާމަށް ރައްޔިތުންގެ އޮތް ތާއިދާއި އިތުބާރު ކަމަަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި 18 އަހަރުން ދަށުގެ ކުދިން ވެސް ޕްރޮގްރާމްގައި ބައިވެރިކޮށްފައިވާތީ، ކުދިންނަށް ހެޔޮ ގޮތްތައްވުމަށް ބެލެނިވެރިން ވެސް އެދޭ މިންވަރު ހާމަވާ ކަމެއް ކަމަށް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގައުމީ ހިދުމަތުގެ ޕްރޮގްރާމްގެ ދަށުން، އަހުލާގު ރަނގަޅު އަދި މަސައްކަތްތެރި ކުދިންތަކެއް މުޖުތަމައުއަށް ނެރެވޭނެ ކަމަށާއި ޕްރޮގުރާމް ފުރިހަމަކުރާ މީހުންނަށް ސިފައިންގެއަށް ނޫނީ ފުލުހުންގެ ހިދުމަތަށް ވަނުމުގެ ފުރުސަތު ދޭނެ ކަމަށެވެ.
މި ލިޔުން ކިޔާލުމުން