ހައްޖުގެ އަޅުކަން އަދާކުރުމަށް ޓަކައި އަންނަ ހޯމައިން ފެށިގެން ހުކުރުގެ ނިޔަލަށް ދިވެހި ހައްޖާޖީން ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވާތީ، އެ ދުވަސްތަކުގައި އެއާޕޯޓުގައި ޓްރެފިކު ތޮއްޖެހުން ބޮޑުވާނެ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ހައްޖުވެރިން ފުރަން ތައްޔާރުވަމުންދާތީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ސަރަހައްދުގައި އިތުރު ފުލުހުން ހަރަކާތްތެރި ވާން ނިންމައިފި އެވެ.
ފުލުހުން ބުނިގޮތުގައި މިގޮތަށް ނިންމާފައި ވަނީ ހައްޖުވެރިން ފުރާ ދުވަސްވަރު އެއާޕޯޓުގައި ޓްރެފިކް އިތުރުވެ، ތޮއްޖެހުން ބޮޑުވާނެ ކަމަށް ލަފާކުރެވޭތީ އެވެ.
2025 މެއި 26، 27، 29 އަދި 30 ގައި ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާތީ، އެއަރޕޯޓުގެ ޓްރެފިކް ފްލޯއަށް ބާރުބޮޑުވާނެކަމަށް ބެލެވޭތީ، އެ ދުވަސްތަކުގައި އެއަރޕޯޓަށް ދަތުރުކުރާ އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރެއްވުމަށް ދަންނަވަން pic.twitter.com/84n5kcj8k5
— Maldives Police (@PoliceMv) May 24, 2025
ހައްޖުވެރިން ސައުދީ އަރަބިއްޔާއަށް ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26، 27، 29 އަދި 30 ވަނަ ދުވަހު އެވެ. މި ދުވަސްތަކުގައި އެއާޕޯޓުގެ ޓްރެފިކް ބެލެހެއްޓުމަށް އިތުރު ފުލުހުން ނެރޭނެ ކަމަށް ފުލުހުން ބުނެ އެވެ.
އެއާޕޯޓުން ފުރާ އެހެން ފަސިންޖަރުންނަށް ވެސް މި ދުވަސްވަރު ލަސްތަކެއް ދިމާވުން އެކަށީގެންވާތީ، ދަތުރުކުރާ ފަރާތްތަކުން ވަގުތު އޮއްވާ އެއާޕޯޓަށް ދިއުމަށް ފުލުހުން އިލްތިމާސްކޮށްފައިވެ އެވެ. އަދި ހައްޖުވެރިންނާއެކު އެއާޕޯޓަށް ދާ މީހުންނާއި އުޅަނދު ދުއްވާ ފަރާތްތަކުން ފުލުހުންގެ އިރުޝާދުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެދިފައިވެ އެވެ.
މި ލިޔުން ކިޔާލުމުން