މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް 164 އެސިސްޓެންޓު އޮފިސަރުން ހޯދަން އިއުލާނުކޮށްފިއެވެ.
ކަސްޓަމްސްއިން ކުރި އިއުލާނުގައި ވަނީ، އެމަގާމަށް 164 މީހުން ހޯދަން ބޭނުންވާ ކަމަށެވެ. އެމީހުންނަށް މުސާރައާއި އިނާޔަތުގެ ގޮތުގައި ގާތްގަޑަކަށް 14000 ރުފިޔާ ލިބެއެވެ.
We’re hiring ‼️
Hurry up and submit your applications.
🗓️31st May, 14:00hrsPosition Available:
🔹Assistant Customs Officer (164 slots)Apply now 👉 https://t.co/tCCMSweUV8
👉Announcement: https://t.co/OX6v3OMAVS pic.twitter.com/2Nvr97keRC
— Maldives Customs Service (@CustomsMv) May 19, 2025
މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ޖީސީއީ އޯލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިހާނެއްގައި ދެ މާއްދާއިން ދަށްވެގެން 'ޑީ' ފާހެއް ލިބިފައިވުން، ސެކަންޑަރީ ސުކޫލް ސެޓްފިކެޓް އިމްތިހާނުގައި ދިވެހިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން އަދި ކަސްޓަމްސްއިން ކަނޑައަޅާ ބޭސިކް ފިޒިކަލް ފިޓްނެސް ޓެސްޓުން ފާސްވާންޖެހެއެވެ.
އެ މަގާމުތަކަށް ހޮވޭ އޮފިސަރުން ވަޒީފާ އަދާކުރަން ޖެހޭނީ މާލެ ސަރަހައްދުގައި ގާއިމުކޮށްފައިވާ ކަސްޓަމްސްގެ އޮފީސްތަކުގައެވެ.
މި ލިޔުން ކިޔާލުމުން