މާލެ ސިޓީ ކައުންސިލުން ވިލިމާލޭގައި ދެވަނަ ހިތްފަސޭހަ މައިޒާނެއް ތަރައްގީކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި މައިޒާން ތަރައްގީކުރަމުން އަންނަނީ ވިލިމާލެ ފެރީޓާމިނަލް ކުރިމަތީގައެވެ.
މާލެ ސިޓީ ކައުންސިލުގެ ފަރާތުން މަޢުލޫމާތު ދެއްވި ބޭފުޅެއްގެ ބަހުން، މި މަޝްރޫޢަކީ މާލެ ސިޓީއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ބައެއްކަމަށް ވިދާޅުވިއެވެ. އެގޮތުން، ވިލިމާލޭގެ އިތުރުން މާލޭގައިވެސް ހިތްފަސޭހަ މައިޒާންތައް ހެދުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެ ބޭފުޅާ ފާހަގަކުރެއްވިއެވެ.
"މިހާރުވެސް ގަލޮޅު ސަހަރާ ކުރިމަތިން އޮންނަ ހުސްބިމާއި ކުރީގެ ބާއިންޖީނުގެ ކުރިމަތިން އޮންނަ 'ގަލޮޅު ސިޓީ' ޕާކުގައި ހިތްފަސޭހަ މައިޒާންތައް ތަރައްގީކުރަމުން އަންނަނީ،" އެ ބޭފުޅާ ވިދާޅުވިއެވެ.
މީގެ އިތުރުން، ދާދި ފަހުން ކައުންސިލުން ވަނީ މުޅި ވިލިމާލެ ސާފުކުރުމުގެ މަސައްކަތް ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި ފަށާފައެވެ. މި ޕްރޮޖެކްޓުގެ ދަށުން ށުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ކާނުތައް ސާފުކުރުމާއި ވިލިމާލޭގެ ހުސްބިންތައް ސާފުކުރުން ހިމެނެއެވެ.
ކައުންސިލުން މަޢުލޫމާތު ދެއްވިގޮތުގައި، ވިލިމާލޭގެ ހުސްބިންތައް ސާފުކުރުމަށްފަހު، އެ ބިންތަކުގައި ހިޔާދޭ ގަސްތަކާއި ބަގީޗާ ގަސްތަކާއި މާގަސްތަކުގެ އިތުރުން މޭވާއާއި ތަރުކާރީ ގަސްތައްވެސް އިންދުމަށް ވަނީ ނިންމާފައެވެ.
މި ލިޔުން ކިޔާލުމުން