މޯލްޑިވްސް އިމިގްރޭޝަނަށް 50 އޮފިސަރުން ހޯދަން "ވޯކް އިން އިންޓަވިއު" އަންނަ ހޮނިހިރުދުވަހު ބާއްވަން ނިންމައިފި އެވެ.
އިމިގްރޭޝަނުން ބުނީ އިންޓަވިއު އޮންނާނީ އެ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00އަށް ގަލޮޅު ސްކޫލުގައި ކަމަށެވެ.
Job Opportunity - 50 Slots. One Day. Walk in and apply!
Read More: https://t.co/c3tecsOj2S pic.twitter.com/UgtHdDBnxJ
— Maldives Immigration (@ImmigrationMV) May 19, 2025
އިމިގްރޭޝަނުން ވަނީ ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭފޯމާއި ތައުލީމީ ސެޓްފިކެޓް އަދި އެހެނިހެން ލިޔުންތައް ހިފައިގެން ދިއުމަށް އެދިފައެވެ.
ޝަރުތު ތަކުގެ ތެރޭގައި އޯލެވެލް ނުވަތަ އެމްކިއު އޭ ޤަބޫލުކުރާ ސެޓްފިކެޓް ގެ ކޯހެއް ފުރިހަމަކުރުން އަދި އުމުރުން 440 އަހަރަށް ވުރެ ދޮށީ މީހެއް ކަމުގައި ނުވުން ހިމެނެއެވެ.
މި ލިޔުން ކިޔާލުމުން