ދެހާހަށްވުރެއް ގިނަ ފަތުރުވެރިންނާއެކު އިޓަލީގެ ކްރޫޒްލައިނާއެއް ރާއްޖެއަށް އައިސްފިއެވެ.
ސްވިޒަލޭންޑާއި އޮސްޓްރިއާ އަދި ޖަރުމަނުވިލާތުގެ ފަތުރުވެރިންނަށް ޙާއްސަކޮށްގެން އޮޕަރޭޓްކުރާ 'އޭއައިޑީއޭ' ނަމަކަށް ކިޔާ މި ކްރޫޒުލައިނާ ރާއްޖެއަށް އައިސްފައިވަނީ މިމަހުގެ 14ވަނަ ދުވަހުއެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސަސް އަދި މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ލަންކާގެ ކޮލޮމްބޯ ބަނދަރުން މާލެ އައިސްފައިވާ މިކްރޫޒްލައިނާއިން ދަތުރުކުރި 2650 ފަތުރުވެރިންނަށް ކްލިއަރެންސް ދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ 2022 ފަސިންޖަރުންނާއި 628 ކްރޫއިންނެވެ.
Inward clearance was granted to Passenger Liner MS. Aida Stella 🇮🇹, which arrived in the Maldives this morning from Colombo, 🇱🇰 .
A total of 2022 passengers and 628 crew members were onboard. pic.twitter.com/TwzVM1B024— Maldives Customs Service (@CustomsMv) May 14, 2025
މިއީ މިމަހު ރާއްޖެއަށް އައި 2 ވަނަ ކްރޫޒްލައިނާއެވެ. އެ ކުރޫޒް ލައިނާއިންވެސް އެއްހާހަށް ވުރެ ގިނަ މީހުންނަށް ކްލިއަރެންސް ދިނެވެ.
މި ލިޔުން ކިޔާލުމުން