މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަޤާމަށް ގަލޮޅު ސިލްވަރުގެއާގެ އާއިޝަތު އަސްނާ ހަމްދީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަނުކުރައްވައިފި އެވެ.
ރައީސް އޮފީހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، އަސްނާ މި މަޤާމަށް އައްޔަނުކުރައްވާފައި ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވައި، މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމަށް ފަހުގައެވެ.
އަސްނާއަކީ މަރުކަޒީ ބޭންކު، އެމްއެމްއޭގެ ތަފާތު މަޤާމުތަކުގައި 17 އަހަރު ދުވަހު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަޤާމަށް އައްޔަނުކުރެއްވިއިރު ހުންނެވީ އެ އިދާރާގެ މެނޭޖިންގް ޑިރެކްޓަރ - ފައިނޭންޝަލް ސެކްޓަރ ޑިވެލޮޕްމަންޓްގެ މަޤާމުގައެވެ.
އަސްނާ ވަނީ ތަޢުލީމީ ގޮތުން މަތީ ފާހަގަތަކެއް ހާސިލުކުރައްވާފައެވެ. މީގެ ތެރޭގައި 2014 ވަނަ އަހަރު ޔުނިވަރސިޓީ އޮފް ނޮޓިންގްހަމުން ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން ފައިނޭންސްގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމާއި، 2007 ވަނަ އަހަރު ޔުނިވަރސިޓީ އޮފް އީސްޓް ލަންޑަނުން ބެޗެލަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އޮނަރސް) ހާސިލުކުރެއްވުން ހިމެނެއެވެ.
މި ލިޔުން ކިޔާލުމުން