ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް ޓީ-ބިލު ވިއްކައިގެން ނެގި 200 މިލިއަން ޑޮލަރުގެ ތެރެއިން ދައްކަންޖެހޭ 100 މިލިއަން ޑޮލަރުން 50 މިލިއަން ޑޮލަރު ދެއްކުން އިންޑިޔާއިން ފަސްކޮށްދީފިއެވެ.
ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް ޓީ-ބިލު ވިއްކައިގެން ކުރީ ސަރުކާރުން ނެގި 200 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރު އިންޑިޔާ ސަރުކާރުން މައާފުކޮށްދީފައިވެއެވެ. އަދި ސަރުކާރު ބަދަލުވުމަށްފަހު މި ސަރުކާރުންވަނީ އެއިން 50 މިލިއަން ޑޮލަރު އަނބުރާ ދައްކާފައެވެ. އެހެންކަމުން ބާކީ މިހާރު ދައްކަން އޮންނާނީ 100 މިލިއަން ޑޮލަރެވެ.
މި ފައިސާ އަދާކުރުން ފަސްކޮށްދިނުމާ ގުޅިގެން ހާރިޖީވަޒީރު ޑރ.އަބްދުﷲ ހަލީލު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އިންޑިޔާގެ ހާރިޖީވަޒީރު ޑރ.ސުބްރަމާނިޔަމް ޖައިޝަންކަރަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މި ފައިސާ ދެއްކުން ލަސްކޮށްދިނުމަކީ އިންޑިޔާއިން ދިވެހިރާއްޖެއަށް ވެދިން މުހިއްމު މާލީ އެހީއެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވިއެވެ.
#India extends financial support to the Maldives through the rollover of the USD 50 million Treasury Bill.#ComprehensiveEconomicAndMaritimeSecurityPartnership#IndiaMaldivesFriendship
🇮🇳🤝🇲🇻@DrSJaishankar @MEAIndia @IndianDiplomacy @presidencymv @MMuizzu @narendramodi https://t.co/n7VDGMPCYe pic.twitter.com/1BE58tAoJQ
— India in Maldives (@HCIMaldives) May 12, 2025
މި އެހީއަކީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލު ދެއްކުމުގެ މުއްދަތު، 12 މެއި 2025 އިން ފެށިގެން އިތުރު އަހަރަކަށް އިތުރުކޮށްދެއްވުމެވެ.
މި ދީލަތި އެހީއިން އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް ރަޚްމަތްތެރިކަމުގެ ގުޅުން ހާމަކޮށްދެއެވެ.
ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެމުން ގެންދާ ދީލަތި އެހީތެރިކަން ފާހަގަކޮށް، އަދި ހާއްސަކޮށް މި އެހީތެރިކަމުގެ ސަބަބުން ދިވެހި ސަރުކާރުން ކުރަމުން އަންނަ ފިސްކަލް ރިފޯމްގެ މަސައްކަތްތަކަށް ލުޔެއް ލިބިގެންދާނެކަން ދިވެހި ސަރުކާރުން ފާހަގަކުރެއެވެ.
ދިވެހިރާއްޖޭގައި ހުންނަ އިންޑިޔާ ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިތުރު އެއް އަހަރަށް 50 މިލިއަން ޑޮލަރުގެ ޓީބިލު އަނބުރާ ދެއްކުން އެ ގައުމުގެ ސަރުކާރުން ފަސްކޮށްދީފައިވާ ކަމަށެވެ. 2019 ވަނަ އަހަރުގެ މާޗު މަހުން ފެށިގެން އެސްބީއައި މެދުވެރިކޮށް ދިވެހި ސަރުކާރުގެ ޓީ-ބިލުތައް އިންޑިޔާއިން ގަންނަމުން އަންނައިރު އެ މުއްދަތުގައި އަހަރުން އަހަރަށް އެ ޓީ-ބިލުތައް ދެއްކުން ފަސްކޮށްދީފައިވާކަން އިންޑިޔާ ހައިކޮމިޝަނުން ފާހަގަކުރިއެވެ.
މިއީ ދެ ގައުމުގެ ސަރުކާރުގެ މެދުގައި ހަމެޖެހިފައި އޮތް އިންތިޒާމެއްގެ ތެރެއިން ރާއްޖެއަށް ކުއްލި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެއްސި ލުޔެއްކަން ހައިކޮމިޝަނުން ފާހަގަކުރިއެވެ.
މި ލިޔުން ކިޔާލުމުން