މުލަކަތޮޅު މުލީގައި ތަރައްޤީ ކޮށްފައިވާ އެއާޕޯޓް މިއަދު ކޮމާޝަލް އޮޕަރޭޝަންތަކަށް ހުޅުވާލައިފިކަމަށް ރީޖަނަލް އެއާޕޯޓްސް އިން މިއަދު އިއުލާން ކޮށްފިއެވެ.
ރާއްޖޭގެ އެންމެ ގިނަ ރީޖަނަލް އެއާޕޯޓްތައް ހިންގަމުން އަންނަ ކުންފުނިން މިކަން އިއުލާން ކުރުމާއެކު، ރާއްޖޭގެ އެތެރޭގެ ދަތުރުތައް ކުރަމުން އަންނަ އެއާލައިންތަކަށް ކަމަށްވާ މޯލްޑިވިއަން، ވިލާ އަދި މަންތާއަށް މިހާރު ވަނީ އެ އެއާޕޯޓަށް ދަތުރުތައް ކުރުމުގެ ފުރުސަތު ދީފައެވެ.
މ. އަތޮޅުގައި ޤާއިމްކުރެވުނު ފުރަތަމަ އެއާޕޯޓް ކަމަށްވާ މި އެއާޕޯޓަކީ، މީގެ ފަސް އަހަރެއްހާ ދުވަސްކުރިން މަސައްކަތް ފެށި އެއާޕޯޓެކެވެ. މި އެއަރޕޯޓް ތަރައްޤީކުރުމަށް 36 ހެކްޓަރުގެ ބިން އެރަށުން ވަނީ ހިއްކާފައެވެ. އަދި ޓެސްޓް ފްލައިޓްގެ ގޮތުގައި މޯލްޑިވިއަންގެ ޑޭޝް-8 މަރުކާގެ ބޯޓެއް ވަނީ އެ އެއާޕޯޓަށް ޖައްސާފައެވެ.
1500 މީޓަރުގެ ރަންވޭއެއް ތަރައްޤީކޮށްފައިވާ މި އެއަރޕޯޓަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކޮށްފައިވާ ޑޮމެސްޓިކް އެއަރޕޯޓެކެވެ. އެމްޓީސީސީގެ ކޮންޓްރެކްޓަރ ޝިޕްގެ ދަށުން ކުރިއަށް ގެންދިޔަ މި މަޝްރޫޢުއަކީ ސަރުކާރުން 300 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢުއެކެވެ.
މި ލިޔުން ކިޔާލުމުން