މިއަހަރުގެ އަޟްޙާ ޢީދުގައި އުޟްޙިޔާ ކަތިލަން ބޭނުންވާ ފަރާތްތަކަށް ޤުރުބާން އެމްވީން ވަނީ ރަނގަޅު ފުރުސަތެއް ހޯދައިދީފައެވެ. މި ފުރުސަތުގެ ދަށުން އުޟްޙިޔާގެ މަސް ބެހުމަށް ހަމަޖެހިފައިވަނީ މިސްރުގައި ދިރިއުޅޭ ފަލަސްޠީނުގެ އާއިލާތަކަށް ޚާއްޞަ އިސްކަމެއް ދީގެންނެވެ.
އިހުޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އުޟްޙިޔާގެ ނަމުގައި ކުކުޅު ކަތިލާ އާދަ އޮތް ނަމަވެސް، ޝަރުޢީ ގޮތުން އުޟްޙިޔާގެ ގޮތުގައި ކަތިލެވޭނީ ހަމައެކަނި ބަހީމަތުލް އަންޢާމްގެ ތެރޭގައި ހިމެނޭ ތަކެތި ކަމަށްވާ ގެރި، ބަކަރި، ކަންބަޅި ބަކަރި އަދި ޖަމަލެވެ. ރާއްޖޭގައި މިފަދަ ޖަނަވާރުތައް ލިބުމަކީ ދަތިކަމަކަށްވެފައި، ލިބޭ ބަކަރިތައްވެސް ލިބެނީ 5000 އާއި 6500 ރުފިޔާއާ ދެމެދުގެ އަގުތަކުގައެވެ.
ޤުރުބާން އެމްވީއިން މިއަހަރު ފޯރުކޮށްދޭ ޚިދުމަތުގެ ތެރޭގައި ގެރި، ޖަމަލު، ބަކަރި އަދި ކަންބަޅި ބަކަރި ކަތިލައިދިނުން ހިމެނެއެވެ. އަދި ޖަމަލާއި ގެރި ޝެއަރކޮށްގެން ކަތިލުމުގެ ފުރުސަތުވެސް ލިބެއެވެ. މި ޚިދުމަތް ފަސޭހަކަމާއެކު ލިބިގަތުމަށްޓަކައި https://qurbaanmv.com ވެބްސައިޓް މެދުވެރިކޮށް ނުވަތަ 9984111 ނަންބަރަށް ގުޅައިގެން އޯޑަރު ކުރެވޭނެއެވެ.
އުޟްޙިޔާއަކީ އިސްލާމީ ޝިޢާރުތަކުގެ ތެރޭގައި ހިމެނޭ، ﷲ އަށް ކުއްތަންވުމުގެ ގޮތުން ޢީދުގެ ދުވަސްތަކުގައި ކުރެވޭ އަޅުކަމެކެވެ. ޖުމްހޫރު ޢިލްމުވެރިން ދެކިލައްވާ ގޮތުގައި އުޟްޙިޔާ ކަތިލުމަކީ ގަދަވެގެންވާ ސުންނަތެއް ކަމުގައިވީ ނަމަވެސް، ބައެއް މަޒުހަބުތަކުގައި މިއީ ވާޖިބު ކަމެއްގެ ގޮތުގައި ކަނޑައަޅާފައިވެއެވެ.
މަރުވެފައިވާ މީހުންގެ މަތިން އުޟްޙިޔާ ކަތިލުމަކީވެސް ހުއްދަ ކަމެއް ކަމަށާއި، އެއީ އެމީހުންގެ މަތިން ކުރެވޭ ޞަދަޤާތެއްގެ ގޮތުގައި ވެގެންދާނެ ކަމަށް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.
މި ލިޔުން ކިޔާލުމުން