މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ)ގެ ކޮމްޕީޓެންސީ ބޭސްޑް އެސެސްމަންޓް ކުރިޔަށް ގެންދިޔުމަށް ނެޝެނަލް އެސެސަރެއްގެ ގޮތުގައި ދަފްތަރުވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެމްއެންއެސްޑީއޭގެ ނޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަރޑްތަކަށް ހިންގާ އިންސްޓިޓިއުޓް ބޭސްޑް ޓްރެއިނިންގ އާއި ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް އަދި ނޭޝަނަލް ޓްރޭޑް ޓެސްޓިންގ އެންޑް ސަރޓިފިކޭޝަން ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތައް އިމްތިހާނުކުރުމަށް ބާއްވާ ކޮމްޕީޓެންސީ ބޭސްޑް އެސެސްމަންޓް ކުރިޔަށް ގެންދިޔުމަށް ނެޝެނަލް އެސެސަރެއްގެ ގޮތުގައި ދަފްތަރުވުމަށް އެދި، މެއި 18 ވާ ހޯމަދުވަހުގެ 13:00ގެކުރިން އެދެވޭނެއެވެ.
ނެޝަނަލް އެސެސަރެއްގެ ގޮތުގައި ރަޖިސްޓްރީވުމުގެ ޝަރުތުތަކުގެ ތެރެއިން ޝަރުތެއް ފުރިހަމަވެފައިވާ ފަރާތްތައް އެސެސަރެއްގެ ގޮތުގައި ރަޖިސްޓަރީ ވެވޭނެއެވެ. އެ ޝަރުތުތަކުގެ ތެރޭގައި: ރަޖިސްޓްރީވުމަށް ހުށަހަޅާފައިވާ ޕްރޮގްރާމްގެ ދާއިރާއިން އެ ފެންވަރަށްވުރެ މަތީ ލެވެލްއެއްގެ ސަނަދެއް ހާޞިލުކޮށްފައިވުމާއެކު، 1 އަހަރުގެ ޢަމަލީ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން؛ ނުވަތަ، އެސެސަރެއްގެ ގޮތުގައި ރަޖިސްޓްރީވުމަށް ހުށަހަޅާފައިވާ ޕްރޮގްރާމްގެ ދާއިރާއިން އެއް ފެންވަރުގެ ސަނަދެއް ހާޞިލުކޮށްފައިވުމާއެކު، 2 އަހަރުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ، އެސެސަރެއްގެ ގޮތުގައި ރަޖިސްޓްރީވުމަށް ހުށަހަޅާފައިވާ ޕްރޮގްރާމްގެ ދާއިރާއިން މެދުނުކެނޑި 5 އަހަރުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުމާއެކު އެދާއިރާއެއްގައި މަސައްކަތްކުރަމުންދާ ފަރާތަކަށްވުން ހިމެނެއެވެ.
ކޮމްޕީޓެންސީ ބޭސްޑް އެސެސްމަންޓަކީ ނޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަރޑްގައި ފަންނީ މަސައްކަތް ދަސްކުރާ ފަރާތްތަކަށް ވަކި މަސައްކަތެއް ވަކި ފެންވަރެއްގައި ކުރަން އެނގޭކަން ރަސްމީ ސިފައެއްގައި ކަނޑައެޅުމަށްޓަކައި ބޭނުންކުރާ މިންގަނޑާއި އަޅާކިޔައި، މަސައްކަތް ކުރުމަށް ބޭނުންވާ ހުނަރާއި، މަޢުލޫމާތާއި، މަސައްކަތުގެ އަޚްލާގު އެމީހެއްގެ ކިބައިގައި ހުރި މިންވަރު ވަޒަންކުރުމަށްޓަކައި ކިޔަވައިދޭ އިންސްޓިޓިއުޓުން ކުރިއަށް ގެންދާ އިމްތިހާނުގެ އިތުރުން، ނޭޝަނަލް އެސެސަރުން މެދުވެރިކޮށް އެމްއެންއެސްޑީއޭ އިން ކުރިޔަށްގެންދާ އިމްތިހާނެކެވެ.
އެމްއެންއެސްޑީއޭ އަކީ ދިވެހި ރާއްޖޭގެ މަސައްކަތުގެ ތަޢުލީމާއި ތަމްރީނު ދިނުމުގެ ޤައުމީ ނިޒާމްގެ ދަށުން އުފެދިފައިވާ އޮތޯރިޓީއެކެވެ. އެމްއެންއެސްޑީއޭ ހިނގަމުންދަނީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުންނެވެ.
މި ލިޔުން ކިޔާލުމުން