ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ބައްޓަންކޮށްފައިވަނީ، ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ބޭނުންވާ ޤާނޫނުތައް އަވަހަށް ފާސްކުރުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާ ނިންމަވާލެއްވުމުގެ ކުރިން ރިޔާސަތުން އިއުލާނު ކުރެއްވި ގޮތުގައި، މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް މި މަހުގެ 15 ވަނަ ދުވަހު ނިންމާލުމަށްފަހު މަޖިލިސް ޗުއްޓީއަކަށް ދާނެ އެވެ.
ޗުއްޓީއަށް ދިއުމުގެ ކުރިން މަޖިލީހުން ފާސްކުރަންޖެހޭ މުހިންމު ބިލުތަކެއް ހުރިކަން ފާހަގަކުރައްވަމުން، ރައީސް އަބްދުއްރަހީމް ވިދާޅުވެފައިވަނީ ކޮމިޓީތަކުގެ މަސައްކަތްތަކަށް ޖާގަ ލިބޭ ގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމުގައެވެ.
"އެގޮތުން ބަލާއިރު މިއޮތް ކުޑަ ދުވަސްކޮޅުގެ ތެރޭގައި ކުރަން ހުރި މަސައްކަތްތައް ވަރަށް ގިނަ. އެ މަސައްކަތްތައް ނިންމައި، މަޖިލީހުން ފާސްކުރެވިގެން މިއަންނަނީ ކޮމިޓީތަކުން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްގެން،" މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.
މަޖިލީހުގެ ދެ ހަފްތާގެ ޗުއްޓީއަކަށް ފަހު ދެވަނަ ދައުރުގެ ޖަލްސާތައް ފަށާނީ ޖޫން މަހުގައި ކަމަށް ވެސް ރިޔާސަތުން ވަނީ އިއުލާނު ކުރައްވާފައެވެ.
މި ލިޔުން ކިޔާލުމުން