2024 ވަނަ އަހަރު ކިޔާފައިވާ ހުރިހާ ޚުޠުބާތަކެއްގެ އިނގިރޭސި ތަރުޖަމާ ނެރެފިއެވެ.
ފޮތެއްގެ ސިފައިގައި ނެރެފައިވާ މި ތަރުޖަމާގައި 2024 ވަނަ އަހަރު ކިޔާފައިވާ 35 ޚުޠުބާގެ އިނގިރޭސި ތަރުޖަމާ ހިމަނާފައި ވާކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.
2024 ގައި ކިޔާފައިވާ ޚުޠުބާ ތަކުގެ އިނގިރޭސި ތަރުޖަމާ https://t.co/kBUcsGYvHO
— Ministry of Islamic Affairs (@MVIaffairs) May 6, 2025
ޚުޠުބާއާއި ގުޅޭ ކަންކަން ހަރުދަނާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން ހުކުރު ޚުޠުބާގެ އިނގިރޭސި ތަރުޖަމާ ނެރުމާއި ޚުޠުބާގެ އިނގިރޭސި ތަރުޖަމާ ފޭސްބުކް އަދި ޓީވީގެ ލައިވް ފީޑަށް އަރުވަން ވަނީ ފަށާފައެވެ.
ފޮތް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.
މި ލިޔުން ކިޔާލުމުން