އިންޑިއާގައި ބޭއްވި "ބެޓަލް އޮފް ބޭންޑްސް އިންޓަރނޭޝަނަލް" މުބާރާތުގައި ދެވަނަ ރަނަރަޕް ހޯދި ދިވެހި ބޭންޑް "ޓޫ އޮފް އަސް" އާ މިނިސްޓަރ އިބްރާހިމް ވަހީދު (އަސްވަދު) ބައްދަލުކޮށް މަރުހަބާ ދަންނަވައިފިއެވެ.
މުންބާއީގައި ކުރިއަށްދިޔަ މި މުބާރާތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި އެންމެ ޓެލެންޓެޑް ބޭންޑުތަކުގެ ތެރެއިން ދިވެހި ބޭންޑު "ޓޫ އޮފް އަސް" އަށް ލިބުނު ކާމިޔާބީއަށް މިނިސްޓަރ ފަހުރުވެރިވާ ކަމަށް ވިދާޅުވިއެވެ.
Minister Ibrahim Waheed (Asward) met and congratulated local band 2ofus in Mumbai after they secured Second Runner-Up at the Battle of Bands International in India. He expressed his heartfelt support and admiration for their dedication and talent. pic.twitter.com/svp8MGYqNV
— Ministry of Youth Empowerment, Information and Art (@YouthGovMv) May 4, 2025
"ބެޓަލް އޮފް ބޭންޑްސް އިންޓަރނޭޝަނަލް" އަކީ ދުނިޔޭގެ އެކި ގައުމުތަކުން ބައިވެރިވާ މިއުޒިކް ޝޯޑައުން އެއްގެ ގޮތުގައި ބާއްވާ ރިއަލިޓީ ޝޯ އެކެވެ.
މި މުބާރާތުގައި "ޓޫ އޮފް އަސް" އަށް ލިބުނު ކާމިޔާބީއަކީ ދިވެހި މިއުޒިކް އިންޑަސްޓްރީއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
މި ބޭންޑުގައި ހިމެނެނީ އަހްމަދު އަދުހަމް އާއި މުހައްމަދު ނަސޫހު ބިން ނަސްރުއްދީގެ އިތުރުން އަބްދުﷲ ޝަމްރޫހް އާއި އަހްމަދު ޖަޝީމް އަދި މަޝްހޫރު ގިޓަރިސްޓް އަހްމަދު ޝަހީދު (ޝަހީދު ލެގަސީ) އެވެ.
މި ލިޔުން ކިޔާލުމުން