ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ގުޅިގެން ކުރިއަށްގެންދިޔަ އިންޓަރންޝިޕް ޕުރޮގުރާމު ފަސް ފަރާތަކުން ފުރިހަމަކޮށްފިއެވެ.
އާރުޑީސީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައިވަނީ މި އިންޓަރންޝިޕް ނިންމި ހުރިހާ ފަރާތްތަކަށް މަރުޙަބާ ދަންނަވައިފައެވެ.
A journey of growth and inclusion:
Congratulations to our Gender Interns on completing their internship! We are proud to champion initiatives that nurture future leaders and support professional development.#TeamRDC pic.twitter.com/kdzqrYQsxf
— Road Development Corporation Ltd (@rdcmaldives) May 4, 2025
އެ ކުންފުނިން ބުނީ މުސްތަޤުބަލުގެ ލީޑަރުން ތަރުބިއްޔަތުކުރުމަށް ހިންގާ ހަރަކާތްތަކަށާއި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އެ ކުންފުންޏަށް ލިބޭ ފަޚުރެއް ކަމަށެވެ.
އެ ކޯޕަރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި މި އިންޓަރންޝިޕް ޕުރޮގުރާމު ކުރިއަށްގެންގޮސްފައިވަނީ ހަ މަސް ދުވަހުގެ މުއްދަތަކަށެވެ. މި ޕުރޮގުރާމު ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދެވެ.
މި ލިޔުން ކިޔާލުމުން