ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން އެޑްވޮކޭޓްސް ފޮރ ވާރކާސް ސޭފްޓީ އެންޑް ރައިޓްސް (އޭޑަބްލިޔުއެސްއާރު) އާ ބައްދަލުކޮށްފިއެވެ.
މިގޮތުން އާރުޑީސީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ ކޮންސްޓްރަކްޝަން ދާއިރާއަށް ޚާއްޞަކޮށްގެން ހިންގާ އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ ޓްރެއިނިންގ ޕުރޮގުރާމުތައް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ކަމަށެވެ.
A productive meeting was held between RDC and Advocates for Workers Safety and Rights (AWSR) to strengthen occupational health and safety training programs tailored for the construction industry.#TeamRDC pic.twitter.com/RQyJdLjt2j
— Road Development Corporation Ltd (@rdcmaldives) May 4, 2025
އަކީ މަސައްކަތުގެ މާހައުލުގައި ޞިއްޙަތާއި ރައްކާތެރިކަމުގެ މުހިންމު ކަމަށް ވަކާލާތުކޮށް، މަސައްކަތްތެރިންގެ އަސާސީ ޙައްޤުތައް ކަށަވަރު ކުރުމަށް މަސައްކަތް ކުރުމުގެ މަޤުޞަދުގައި އުފައްދާފައިވާ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމުޢިއްޔާ (އެންޖީއޯ) އެކެވެ.
އާރުޑީސީ އަކީ އިމާރާތްކުރުމުގެ ދާއިރާގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންދާ ކުންފުންޏަކަށް ވާއިރު، މިއަދު ބޭއްވުނު ބައްދަލުވުމަކީ އެ ކުންފުންޏަށް ފައިދާހުރި މަޝްވަރާތަކެއް ކުރެވުނު ބައްދަލުވުމަކަށް ވާނެކަން ޔަޤީނެވެ.
މި ލިޔުން ކިޔާލުމުން