މާލޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ހަތަރު ބިދޭސީއަކު އިމިގްރޭޝަނުން އަތުލައިގެންފިއެވެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ޓާސްކް ފޯސްއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ ހީނާމާގެ ޕާކިންގ ސަރަޙައްދުގައި އިއްޔެ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.
ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ޓާސްކް ފޯސްއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އިއްޔެ ވަނީ މާލޭގެ ހީނާމާގެ ޕާކިންގ ސަރަޙައްދުގައި ހަރަކާތްތެރިވަމުންދިޔަ 11 ބިދޭސީން ބަލައި ފާސްކޮށް، އޭގެތެރެއިން 04 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައި.… pic.twitter.com/7ebYXiywgD
— Maldives Immigration (@ImmigrationMV) May 4, 2025
މިގޮތުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ 11 ބިދޭސީން ބަލައި ފާސްކޮށް، އޭގެތެރެއިން 04 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި އިމިގްރޭޝަނުން ދަނީ ދޭތެރެދޭތެރެއިން މިފަދަ އޮޕަރޭޝަންތައް ހިންގަމުންނެވެ. މިގޮތުން އެޕްރީލް 28 ވަނަ ދުވަހު މާލޭގެ ޒިކުރާ މިސްކިތް އަދި ބޮނޑިބަތް ޕާކު ސަރަޙައްދުގައި ހަރަކާތްތެރިވަމުންދިޔަ 35 ބިދޭސީއަކު ޗެކްކޮށް އޭގެތެރެއިން 13 ބިދޭސީއަކު އަތުލައިގެންފައިވެއެވެ.
މި ލިޔުން ކިޔާލުމުން