މި ސަރުކާރު ކުރިއަށް ދާނީ ރައީސްގެ ކެތްތެރިކަމާއި އިޚްލާޞްތެރިކަމުން ނަމޫނާ ނަގައިގެން ކަމުގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
ޝަކީލް މިހެން ވިދާޅުވީ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ވެރިކަމަށް ވަޑައިގަތުމުގެ ކުރިންވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒާއެކު ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ރައީސްގެ ކެތްތެރިކަމާއި އިހުލާސްތެރިކަަމުގެ ރިވެތި އަހުލާގު ވަނީ ފެނިފައި. ނަމަވެސް މިއަދު 15 ގަޑިއިރުވަންދެން ނޫސްވެރިންނާ ބައްދަލުކޮށް ކެތްތެރިކަމާއެކު މުޅިދުނިޔެ… pic.twitter.com/gHPmo252v8
— Mohamed Shakeel 🇲🇻 (@schakyyl) May 4, 2025
މިގޮތުން ޝަކީލް ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމުގެ ކުރިންވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެކު ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ރައީސްގެ ކެތްތެރިކަމާއި އިހުލާސްތެރިކަަމުގެ ރިވެތި އަޚުލާގު ފެނިފައިވާ ކަމަށެވެ.
ނަމަވެސް އިއްޔެ 15 ގަޑިއިރު ވަންދެން ނޫސްވެރިންނާ ބައްދަލުކުރައްވައި ކެތްތެރިކަމާއެކު މުޅި ދުނިޔެ ކުރިމަތީގައި ދެއްކެވި ކެތްތެރިކަމަކީ ސިޔާސީ ދާއިރާއިން މިހާތަނަށް ފެނުނު އެންމެ ފުރިހަމަ ނަމޫނާ ކަމުގައިވެސް ޝަކީލް ވިދާޅުވިއެވެ.
މީގެ އިތުރުން އިތުރުން ޝަކީލް ވިދާޅުވީ މި ސަރުކާރު ކުރިއަށް ދާނީ ރައީސްގެ ތިޔަ ކެތްތެރިކަމާއި އިޚްލާޞްތެރިކަމުން ނަމޫނާ ނަގައިގެން ކަމަށެވެ.
"ޝުކުރިއްޔާ ރައީސް ތިޔަ ދެއްކެވި ރިވެތި އަޚުލާގަށް"، ޝަކީލް ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން