މާލޭ ސަރަޙައްދުގައި ރޭސިންގ ޓްރެކެއް ތަރައްޤީ ކުރުމަށްޓަކައި ސިނަމާލެ ބްރިޖު ހައިވޭގެ ބޭރުން ބިމެއް ހިއްކުމަށް ސަރުކާރުން ނިންމައިފިއެވެ. މި މަޝްރޫޢު ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ޙަވާލުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު މިއަދު ވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މި ރޭސިންގ ޓްރެކް އެޅުމަށް ހަމަޖެހިފައިވަނީ ހުޅުލެއާއި ހުޅުމާލޭގެ ދެމެދުގައި އޮންނަ ހައިވޭގެ ބޭރުން ބިން ހިއްކައިގެން ކައިގެން ކަމަށެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވިގޮތުގައި ހައިވޭގައި ހަރުކުރެވިފައި ހުންނަ ސޯލަރ ޕެނަލްތަކުގެ ބޭރުން ބިން ހިއްކައިގެން މި ޓްރެކް ތަރައްޤީކުރެވޭނެއެވެ.
"މީހުން ދިރިއުޅޭ ސަރަޙައްދުގައި ރޭސިންގ ޓްރެކެއް އެޅުމަކީ އެންމެ ރައްކާތެރި ގޮތް ނޫންކަމަށް ފެންނާތީ، އަދި ރޭސިންގ ޓްރެކެއް އެޅުމަށް ބޭނުންވާ ދިގުމިން ހުންނަ ބިމެއް ހޯދުމަށް ހައިވޭގެ ބޭރު ސަރަޙައްދަކީ އެންމެ އެކަށީގެންވާ ތަންކަމަށް ފެންނާތީ މި ގޮތަށް ނިންމީ," ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިހާތަނަށް 192 ކުޅިވަރުގެ މަޝްރޫޢުތަކެއްގައި ސޮއިކުރެވި، އިތުރު 377 މަޝްރޫޢރޫޢެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށެވެ. އަދި މި އަހަރުގެ މިހާތަނަށް 50 ކުޅިވަރުގެ މަޝްރޫޢު ވަނީ ނިމިފައިކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"މި މަޝްރޫޢުތަކުގެ ތެރޭގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކާއި، އައުޓްޑޯ ޖިމްތަކާއި، ކުޑަކުދިންގެ ޕާކުތައް ހިމެނޭ. ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށްޓަކައި ކުޅިވަރުކުރުމަކީ ވަރަށް މުހިންމު ކަމެއް," ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން