ކުޑަކުދިންގެ އައިސީޔޫގައި ފެތުރުނު ނުރައްކާތެރި ބެކްޓީރިއާގައި ހާލު ދެރަވި ކުދިން ރާއްޖެ އިން ބޭރަށް ފޮނުވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
ނާޒުކު ހާލަތުގައި އެންއައިސީޔޫގައި ތިބި ކުދިންތަކެއްގެ ގައިން ގިނަ ބާވަތްތަކުގެ ބޭހަށް ނުގުޑާ ޖަރާސީމެއް ނުވަތަ މަލްޓި-ޑްރަގް ރެޒިސްޓަންޓް އޯގަނިޒަމްސް (އެމްޑީއާރްއޯ) ފެނިފައިވާ ކަމަށް އެ ހޮސްޕިޓަލުން އިއްޔެ ވަނީ ހާމަކޮށްފަ އެވެ.
އެކަމުގެ ތަފްސީލާއެކު ރޭ ނެރުނު ބަޔާނެއްގައި ބުނީ 28 ހަފުތާއަށް ވުރެ ކުރިން އުފަންވެ، އެންއައިސީޔޫގައި އެޑްމިޓުކޮށް، ފަރުވާ ދެމުން ދިޔަ ކުއްޖެއްގެ ގައިން މާޗު 27 ގައި ނެގި ސާމްޕަލްއަކުން އެމްޑީއާރު "ބާކޯލްޑޭރިއާ ސްޕޭޝިއާ" ފެނިފައިވާ ކަމަށެވެ.
އައިޖީއެމްއެޗްއިން އިތުރަށް ބުނެފައިވަނީ މިހާތަނަށް އެއްވެސް ކުއްޖަކަށް ނުވަތަ ޞިއްޙީ އެހީތެރިއަކަށް ނުރައްކާތެރި ޙާލަތެއް ދިމާވެފައި ނުވާ ކަމަށެވެ. އަދި މި ކަމާ ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުންދާ ކަމުގެ ޔަޤީންކަން ވެސް ދީފައިވެއެވެ.
މި ލިޔުން ކިޔާލުމުން