ޒުވާނުންގެ އެމީހުންގެ ޙައްޤުތަކުގެ ދިފާޢުގައި ނިކުމެ މުޒާހަރާކުރާތަން ފެނުމަކީ ހިތްވަރު ލިބޭ ކަމެއް ކަމުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމީހުންގެ ހިތްވަރާއި އަޒުމަކީ އެކްޓިވިޒަމްގެ ބާރުގެ ހެއްކެއް ކަމަށެވެ.
It's encouraging to see young people taking a stand and protesting for their rights. Their courage and determination are a testament to the power of activism. I believe it's reassuring that we've been able to build a culture where standing up for our rights is valued and…
— Mohamed Nasheed (@MohamedNasheed) May 2, 2025
މީގެ އިތުރުން، ޙައްޤުތަކަށްޓަކައި ތެދުވުމަކީ އަގުހުރި ކަމެއްކަމާއި، އެކަމަށް ހިތްވަރުދޭ ސަގާފަތެއް ބިނާކުރެވިފައި އޮތުމަކީ ތަސައްލީ ލިބޭ ކަމެއް ކަމުގައި ޤަބޫލުފުޅު ކުރައްވާ ކަމުގައިވެސް ނަޝީދު ވިދާޅުވިއެވެ.
އަދި އެމަނިކުފާނު ވަނީ ޒުވާނުން ރޭ ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން، ސުލްހަވެރިކަމާއެކު އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤުގެ ބޭނުން ހިފަމުން ދަނިކޮށް ހައްޔަރުކުރި ދެ ޒުވާނުން ކަމަށްވާ ޢާއިޝަތު ޝިމަން އަޙްމަދާއި ޢަބްދުﷲ މަޙްޒޫމް މާޖިދު ވަގުތުން ވަގުތަށް މިނިވަން ކުރުމަށްވެސް ގޮވާލައްވައިފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ޝިމަން އަދި މަޙްޒޫމްވެސް ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައެވެ.
މި ލިޔުން ކިޔާލުމުން