ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީގެ މަގާމުގައި ހުންނެވި އިޒްދިޔާން މުޙައްމަދު މައުމޫން، އެ މަގާމުން މިއަދު ވަކިކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ ރައީސް އޮފީހުގެ އިސް ތަރުޖަމާނު، ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ސްޓްރެޓެޖިކް ކޮމިޔުނިކޭޝަން މަގާމުގައި ހުންނެވި އިޒްދިޔާން މުޙައްމަދު މައުމޫން، އެ މަގާމުން މިއަދު ވަކިކުރައްވައިފި.
— Heena Waleed (@MvSpokesperson) April 24, 2025
މިގޮތުން ހީނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ސްޓްރެޓެޖިކް ކޮމިޔުނިކޭޝަން މަގާމުގައި ހުންނެވި އިޒްދިޔާން މުޙައްމަދު މައުމޫން، އެ މަގާމުން މިއަދު ވަކިކުރައްވާފައިވާ ކަމަށެވެ.
އިޒްދިޔާން އެ މަޤާމުން ވަކިކޮށްފައިވާއިރު، މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް އަންހެން ކުއްޖަކު ވެއްޓުނު މައްސަލައިގައި ތުހުމަތުކުރެވޭ މީހުންގެ ތެރޭގައި އޭނާ ހިމެނެއެވެ.
މިގޮތުން އެ އަންހެން ކުއްޖާ ފުރާޅު މައްޗަށް ވެއްޓުނު ރޭ ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީންގެ ހިއްސާ އޮންނަ އިމާރާތެއްގެ އެޕާޓްމަންޓަކަށް މަސްތުވާތަކެއްޗާއެކު ޕާޓީކުރަން ދިޔަ މީހުންގެ ތެރޭގައި އޭނާ ހިމެނޭ ކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ.
މި ލިޔުން ކިޔާލުމުން