އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް، އިހާ ޓޭބަލް ޓެނިސް އެކެޑެމީގެ އެޑްވައިޒަރު އަޙުމަދު ލަޠީފާއި އެ އެކެޑެމީގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ބައްދަލުވުމުގައި މާލޭގެ އިސްރަށްވެހިންގެ ނާދީގައި އިސްރަށްވެހިންނަށް އަމާޒުކޮށްގެން ޓޭބަލް ޓެނިސް ކުޅެވޭނެ އިންތިޒާމް ހަމަޖައްސައި އެފަރާތްތަކަށް ޚާއްޞަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް އިހާ ޓޭބަލް ޓެނިސް އެކެޑެމީގެ އެޑްވައިޒަރު އަޙުމަދު ލަޠީފު އަދި އެކެޑެމީގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި މާލޭގެ އިސްރަށްވެހިންގެ ނާދީގައި އިސްރަށްވެހިންނަށް އަމާޒުކޮށްގެން… pic.twitter.com/qDl4hOjyj2
— Ministry of Social and Family Development (@MSFDmv) April 23, 2025
މީގެ އިތުރުން މި ކުޅިވަރު ޕްރޮގްރާމްގެ ތެރެއިން އުމުރުން ދުވަސްވީ މީހުންނަށް ލިބިގެންދާނެ ފައިދާތަކާއި އަދި އެއްޖީލު އަނެއްޖީލުގެ މެދުގައި ހުންނަ ހުސްކަން ކުޑަކުރުމަށް އެހީތެރިވެދޭނެ ގޮތްތަކާމެދުވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވައިފައެވެ.
މި ލިޔުން ކިޔާލުމުން