ށ. މާއުނގޫދޫ ޞިއްޙީ މަރުކަޒަށް އައު އިމާރާތެއް އިތުރުކުރުމުގެ ޢަމަލީ މަސައްކަތް ފަށަން އެމްޓީސީސީން ތައްޔާރުވެއްޖެއެވެ.
އެމްޓީސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 1،280 މީހުންގެ އާބާދީއެއް ދިރިއުޅޭ ށ. މާއުނގޫދޫ ރައްޔިތުންނަށް މި ފެށިގެންދާ މަޝްރޫޢުގެ މަސައްކަތް ފުރިހަމަކުރެވުމާއެކު، އުމްރާނީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ޤަބޫލުކުރާ ކަމަށެވެ.
މިގޮތުން މި މަޝްރޫޢުގެ ދަށުން މާއުނގޫދޫ ޞިއްޙީ މަރުކަޒަށް ދެ ބުރީގެ އައު އިމާރާތެއް އިތުރުކުރުމުގެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން ވަނީ ވޭތުވެދިޔަ 44 އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމައިފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިންމު މަރުހަލާއެއްގައެވެ. އެ ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްޤީއާއި އިޖުތިމާޢީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
މި ލިޔުން ކިޔާލުމުން