މި ދައުރުގެ ތެރޭގައި ޑޮލަރުގެ މައްސަލަ ހައްލުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މި ފަދައިބް ރައީސް ވިދާޅުވެފައިވަނީ "ދެނޯ" ގެ ނަމުގައި ފެށި ޕޮޑްކާސްޓެއްގެ ފުރަތަމަ އެޕިސޯޑްގައި ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅަން ޖެހޭނެއެވެ. އަދި މިހާރު ސަރުކާރުން މިކަމުގައި ގެންގުޅޭ މިސްރާބު ހުރީ ރަނގަޅު ޓްރެކެއްގައި ކަމަށް ރައީސް ވިދާޅުވިއެވެ.
ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ރައީސް މުއިއްޒުގެ ސަރުކާރުން އެޅި އެންމެ މުހިންމު ފިޔަވަޅަކީ ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ ޑޮލަރު ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން މަޖުބޫރުވާ ގޮތަށް ހެދުމެވެ. ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން، ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް ޑޮލަރު މާރުކުރުމުގެ އިޚްތިޔާރުތަކެއް ދީފައިވެއެވެ.
ރައީސް ވިދާޅުވި ގޮތުގައި ޑޮލަރު މާރުކުރުމުގެ މަސައްކަތް ރަނގަޅަށް ކުރިއަށްދާ ކަމަށާއި މިކަމަށް ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުންރުލުން ވެސް ލިބެމުންދެއެވެ. ޚާއްޞަކޮށް ފަތުރުވެރިކަމުގެ ސިނާއަތުގެ ވެރިންނަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ.
މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް 150 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ބޭންކުތަކަށް މާރުކޮށްފައިވާ ކަމަށް ރައީސް ދާދިފަހުން ވިދާޅުވެފައިވެއެވެ
މި ލިޔުން ކިޔާލުމުން