ދިވެހި ޤައުމީ ދިފާޢީ ބާރަށް އަލަށް ތަޢާރަފުކުރެއްވި ޝަރަފުގެ ނިޝާން "ހަށިހެޔޮކަމުގެ ކުލަ" ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
ސިފައިގެ އައު ޝަރަފްގެ ކުލަ އިފްތިތާޙްކޮށްދެއްވީ 133ވަނަ ސިފައިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
133ވަނަ ސިފައިންގެ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވައިފިhttps://t.co/DeY5v7xIWw pic.twitter.com/3gL5L1Kuod
— Maldives National Defence Force (@MNDF_Official) April 21, 2025
ހަށިހެޔޮކަމުގެ ކުލަ އަކީ ސިފައިންނަށް ދެމުންދާ ޝަރަފްގެ ނިޝާންތަކުގެ ތެރެއަށް މުޅިން އަލަށް ތަޢާރަފްކުރި ނިޝާނެކެވެ. ޝަރަފްގެ ނިޝަންތައް ގިންތިކޮށް ތަރުތީބުކުރެވިފައިވާ ދާއިރާގެ ތެރެއިން އެޗީވްމަންޓް އެވޯޑްގެ ގިންތިއަށް އިތުރުކުރި ހަށިހެޔޮކަމުގެ ކުލައަކީ ހަށިހެޔޮކަމުގެ އަސާސީ މިންގަނޑުގެ އެންމެ މަތީ ފެންވަރުގައި ދަމަހައްޓާ ސިފައިންނަށް ދިނުމަށް ނިންމާފައިވާ ޝަރަފްގެ ނިޝާނެކެވެ.
މިއީ ސިފައިންގެ ތެރޭގައި ހަށިހެޔޮކަމުގެ ދަރަޖަ މަތީފެންވަރުގައި ހިފެހެއްޓުމަށް ހިތްވަރުދިނުމަށާއި، ހަށިހެޔޮކަމުގެ ފެންވަރު މަތީ ދަރަޖާގައި ހިފަހައްޓާ ސިފައިންގެ ހިތްވަރުގަދަ މަސައްކަތް ފާހަގަކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމެކެވެ.
މި ލިޔުން ކިޔާލުމުން