މިދިޔަ ރަމަޟާން މަހު ބާޒާރުގައި އަސާސީ ބާވަތްތަކުގެ މުދާ ހުސްނުވެ ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި ތަކެތީގެ އަގުތައް އެއް ހަމައެއްގައި ބެހެއްޓުމަށް ކުރެވުނު މަސައްކަތުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ޝުކުރު އަދާކުރައްވައިފި އެވެ. މިކަން ވަޒީރު ހާމަކުރެއްވީ އެކްސް ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ޚާއްސަ އަހައްމިއްޔަތުކަމެއްގެ ދަށުން ކުރިއަށް ގެންދެވުނު މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި އެސްޓީއޯ ގުޅިގެން ހިންގި ޕްރޮގްރާމެކެވެ. މިނިސްޓަރު ސައީދު މިއަދު ވަނީ މި ޕްރޮގްރާމްގައި އިސްކޮށް މަސައްކަތްކުރެއްވި ފަރާތްތަކާ ބައްދަލުކުރައްވާފައެވެ.
"މިކަމުގައި ބިޒްނަސް ކައުންސިލާއި ވިޔަފާރިވެރީން ފޯރުކޮއްދެއްވި އެހީތެރިކަމަކީ އެފަރާތްތަކަށް ޝުކުރު ޙައްގު މުޙިއްމު މަސައްކަތެއް. މާތް اللهގެވާގިފުޅާއިއެކު މިމަސައްކަތް ކާމިޔާބު ކަމާއިއެކު ވަނީ ކުރިއަށް ގެންދެވިފައި," މިނިސްޓަރު ސައީދު އެކްސް ޕޯސްޓުގައި ވިދާޅުވި އެވެ.
ރައީސުލްޖުމްޙޫރިއްޔާ ޑރ @MMuizzu ވަރަށް އިސްކަމެއްދެއްވައިގެން ކުރިއަށްގެންދެވުނު، ރަމަޟާންމަހު ބާޒާރުގައި ބޭނުންކުރާ އަސާސީބާވަތްތަކުގެ މުދަލާއި ކޮންސިއުމާ ޑިމާންޑުބޮޑު ބައެއްތަކެތި ރައްޔިތުންނަށްލިބޭނެކަމާއި ވަކީންޙާއްސަކޮށް ރަމަޟާންމަހުގެ އަގުތައް އެއްހަމައެއްގައި ބެހެއްޓޭނެ… https://t.co/C9Vw5VnFkP
— Mohamed Saeed (@em_saeed) April 20, 2025
ކޮންމެ ރަމަޟާން މަހަކާ ގުޅިގެން އަސާސީ ތަކެތީގެ އަގު މައްޗަށް ދިއުމާއި މުދާ ލިބުމުގައި ދަތިތަކާ ކުރިމަތިވަމުން ދިއުމަކީ އާންމުންގެ ބޮޑު ކަންބޮޑުވުމަކަށް ވެފައިވާ ހިނދު، މި އަހަރުގެ ރަމަޟާން މަހުގައި ވެސް ފިޔާ، އަލުވި، ބިސް، ތެޔޮ، ލޮނު، އިނގުރު، ލޮނުމެދު އަދި ލިބޯ ކާށި ފަދަ ތަކެތީގެ އަގު މައްޗަށް ދިޔުމާ ގުޅިގެން އެސްޓީއޯއިން ވަނީ އެ ތަކެތި ރާއްޖެ އެތެރެކޮށް އަގު ކޮންޓްރޯލްކޮށްފައެވެ.
މި މަސައްކަތުގެ ސަބަބުން ރަމަޟާން މަހު އަސާސީ ތަކެތީގެ އަގުތައް އެއް މިންގަނޑެއްގައި ހިފެހެއްޓި، އާންމު ރައްޔިތުންނަށް ތަކެތި ލިބުމުގައި ދަތިތަކާ ކުރިމަތިލާން ނުޖެހި މަހު ދުވަސްތައް ފާހަގަކުރެވިގެން ދިޔައެވެ.
މި ލިޔުން ކިޔާލުމުން