މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.
އެ ވުޒާރާއިން ބުނި ގޮތުގައި މިހާތަނަށް މަޖީދީމަގުގެ ކާނުތަކާއި ކަނބާ އައިސާރަނި ހިނގުމުގެ ކާނުތައް އެއްކޮށް ސާފުކޮށް ނިންމާލާފައިވެއެވެ. އަދި މިހާރު ކުރިއަށްދަނީ ޝަހީދު ޢަލީ ހިނގުމުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ކަމަށް އެ ވުޒާރާއިން ހާމަކުރިއެވެ.
މި މަސައްކަތް ފެށިފައިވަނީ މިދިޔަ މަހުގެ 8 ވަނަ ދުވަހު މަޖީދީ މަގުންނެވެ. މިއީ ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވާ އުނދަގޫތައް ކުޑަކުރުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތެކެވެ.
"މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަކީ މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ. މި މަސައްކަތް ނިމުމުން ވާރޭވެހި މާލޭގައި ފެންބޮޑުވާ މައްސަލައަށް ކޮންމެވެސްވަރެއްގެ ހައްލެއް ލިބޭނެ ކަމަށް އަޅުގަނޑުމެން ޤަބޫލުކުރަން،" އެ ވުޒާރާގެ ބަޔާނެއްގައި ބުނެފައިވެއެވެ.
މި މަސައްކަތް 6 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެ ވުޒާރާއިން މީގެކުރިން ވަނީ ހާމަކޮށްފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެއް ކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފަައެވެ.
މި ލިޔުން ކިޔާލުމުން