މި އަހަރުގެ މިހާތަނަށް މާލޭގައި އެންމެ ގިނައިން ކަރަންޓު ބޭނުންކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
އެ ދުވަހު މެންދުރުފަހު 15:00 ގައި 114 މެގަވޮޓްގެ ކަރަންޓު ބޭނުންކޮށްފައިވާ ކަމަށް ފަހުމީ މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ހާމަކުރެއްވިއެވެ.
އަދި މިއަދު މެންދުރު 13:00 ގައި މާލޭގެ ކަރަންޓު ބޭނުންކުރުން ހުރީ 111 މެގަވޮޓްގައި ކަމަށްވެސް ފަހުމީ ވަނީ ވިދާޅުފައެވެ. މި ދުވަސްވަރަކީ ރާއްޖެއަށް ހޫނު ދުވަސްވަރަކަށްވުމާއެކު، އިހްސާސްކުރެވޭ ހޫނުމިން މަތިވަމުންދާކަން ފާހަގަކުރެވޭ ކަމަށް ވެސް ވިދާޅުވިއެވެ.
"ހާއްސަކޮށް އޭސީ ފަދަ ތަކެތި ބޭނުންކުރާއިރު، އޭގެ ފިނިކަން 25 ޑިގްރީއަށްވުރެ ދަށް ނުކުރުމަށާއި، ކޮންމެހެން ބޭނުންވާ މިންވަރަށް މެނުވީ ކަރަންޓު ބޭނުން ނުކުރުމަށް އިލްތިމާސް ކުރަން،" ފަހުމީ ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން