ޕްރިވެޓް ސެކްޓަރ އިން ލެވަލް 02 ގެ އޭވިއޭޝަން ސެކިޔުރިޓީ ނެޝަނަލް އިންސްޓްރަކްޓަރ ސެޓިފިކޭޝަން ހާސިލްކުރި ފުރަތަމަ ފަރާތަކަށް މަންތާގެ އެއަރގެ ހެޑް އޮފް ކެބިން ކްރޫ ޓްރެއިނިންގ، އިބްރާހީމް ސަޢީދު ވެއްޖެއެވެ.
މިކަން ހާމަކޮށްފައިވަނީ މަންތާ އެއަރ އިން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
Congratulations to our Head of Cabin Crew Training Ibrahim Saeed, on attaining National Instructor Approval Certificate to become the first private sector Level-02 AVSEC training Instructor@MoDmv @AVSECOMmv @dasamaldives pic.twitter.com/XwZP9ekhfz
— Manta Air (@MantaAir) April 16, 2025
ދިވެހިރާއްޖޭގެ ނެޝަނަލް ސިވިލް އޭވިއޭޝަން ސެކިއުރިޓީ ޓްރެއިނިންގ ޕޮލިސީގައި ބަޔާންކޮށްފައިވާ ގޮތުން އޭވިއޭޝަން ދާއިރާގައި ހަރަކާތްތެރިވާ މުވައްޒަފުންނަކީ ނެޝަނަލް ސިވިލް އޭވިއޭޝަން ސެކިއުރިޓީ ޓްރެއިނިންގ ޕޮލިސީގައިވާ މިންގަނޑަށް ތަމްރީން ކުރެވިފައިވާ ފަރާތްތަކަށްވާން ޖެހެއެވެ. އަދި މި މުވައްޒަފުންނަށް ތަމްރީން ފޯރުކޮށްދޭ މުދައްރިބުންނަކީ ޑާސާ އިން ހުއްދަ ދެވިފައިވާ ފަރާތްތަކަށް ވާންޖެހެއެވެ.
މި ލިޔުން ކިޔާލުމުން