ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑިސީ) ގެ އިޖުތިމާޢީ ޒިންމާގެ ދަށުން ހއ. އިހަވަންދޫ "ކާފަ މާމަ މައިޒާން" ތަރައްޤީކުރުމަށް އެހީތެރިވަމުންދާ ކަމުގައި އެ ކުންފުނިން ބުނެފިއެވެ.
އެ ކުންފުނިން މިކަން ހާމަކޮށްފައިވަނީ މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
މި ކޯޕަރޭޝަންގެ އިޖުތިމާއީ ޒިންމާގެ ދަށުން ހއ. އިހަވަންދޫގެ "ކާފާ މާމަ މައިޒާން" ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން ކޮންކްރީޓް ކީ ވޯލް އެޅުމާއި، ދުވާރުގެ މަސައްކަތް އަދި އެ ސަރަޙައްދު ސާފުކޮށް ލެވެލްކުރުމުގެ މަސައްކަތް ދަނީ ކުރަމުން.#TeamRDC pic.twitter.com/AlvH6QW1LF
— Road Development Corporation Ltd (@rdcmaldives) April 16, 2025
މިގޮތުން އާރުޑީސީން ބުނީ އެ ކޯޕަރޭޝަންގެ އިޖުތިމާޢީ ޒިންމާގެ ދަށުން އިހަވަންދޫގެ "ކާފާ މާމަ މައިޒާން" ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން ކޮންކްރީޓް ކީ ވޯލް އެޅުމާއި، ދުވާރުގެ މަސައްކަތް އަދި އެ ސަރަޙައްދު ސާފުކޮށް ލެވެލްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އާރުޑީސީން ދަނީ އިހަވަންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. މި މަޝްރޫޢުގެ %40 މިހާރު ނިމިފައިވާއިރު، މިއީ 102.85 މިލިއަން ރުފިޔާއަށް އެ ކުންފުންޏާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
މި ލިޔުން ކިޔާލުމުން