ށ. މިލަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ފުރިހަމަކޮށް ނިންމާލައިފިއެވެ. މި މަޝްރޫއަކީ އިމާރާތް ކުރުމާއި ބިނާވެށި ތަރައްގީކުރުމާ ބެހޭ ވުޒާރާއިން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.
އާރުޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި މަޝްރޫއުގެ ދަށުން މިލަންދޫގެ ނުވަ މަގަކާއި ދެ ގޯޅިއެއް ހިމެނޭހެން ޖުމްލަ 6.3 ކިލޯމީޓަރުގެ ދިގުމިނުގައި ތާރު އަޅައި، ޒަމާނީ ފެންވަރަށް މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި މަޝްރޫއަށް ދައުލަތުގެ ބަޖެޓުން 156,477,632.23 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
"މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރެވުނު މަގުތަކަކީ ވަރަށް ފެންވަރު ރަނގަޅު އަދި ހިތްގައިމުކޮށް ފަރުމާކޮށްގެން ތަރައްގީކޮށްފައިވާ ހިތްފަސޭހަ މަގުތަކެއް،" އާރުޑީސީގެ ބަޔާނުގައި ބުނެފައިވެއެވެ.
މި މަޝްރޫއުގެ މަސައްކަތުގައި އާރުޑީސީގެ މުވައްޒަފުންގެ ގޮތުގައި މިލަންދޫގެ 50 އަށްވުރެ ގިނަ މުވައްޒަފުން ވަނީ މަސައްކަތްކޮށްފައެވެ. އަދި މި މުވައްޒަފުންގެ ބުރަ މަސައްކަތް ފާހަގަކޮށް، އާރުޑީސީން ވަނީ އެ މުވައްޒަފުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ.
މި ލިޔުން ކިޔާލުމުން