ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާގެ ހަތަރު ޓަވަރަކުންނާއި އެމްޕީއެލް ޓަވަރުތަކުން މާދަމާ ކަރަންޓު ކެނޑޭނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެިޓެޑް (ސްޓެލްކޯ) އިން ހާމަކޮށްފިއެވެ. މިގޮތަށްކަރަންޓު ކަނޑަން ޖެހެނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކުރަންޖެހޭ އެމަރޖެންސީ މެއިންޓަނަންސް މަސައްކަތްތަކެއް ކުރުމަށްޓަކައި ކަމަށްވެސް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.
ސްޓެލްކޯއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ކަރަންޓު ކެނޑުމަށް ހަމަޖެހިފައިވަނީ
- ހިޔާ ޓަވަރު H13، H14، H15 އަދި H16 އިން ހެނދުނު 10:00 އިން 11:00 އަށް
- އެމްޕީއެލް ޓަވަރުތަކުން މެންދުރު 13:30 އިން 15:00 އަށް
- މީގެ އިތުރުން H4 ޓަވަރުން ވެސް ހެނދުނު 9:00 އިން ހަވީރު 17:00 އާ ދެމެދު، އެ ޓަވަރުގެ ކޮންމެ އެޕާޓްމަންޓަކުން ގާތްގަނޑަކަށް 30 މިނެޓަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ސްޓެލްކޯއިން ބުނީ މި މަސައްކަތަކީ ޚިދުމަތް މެދުނުކެނޑި، އެންމެ ފުރިހަމަ ގޮތުގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތްތަކެއް ކަމަށެވެ. އަދި މަސައްކަތް ނިމުނުހާ އަވަހަކަށް އަލުން ކަރަންޓު ދެވިގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.
މިފަދަ ހާލަތްތަކުގައި ކަސްޓަމަރުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް، ދިމާވާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މާފަށް އެދިފައެވެ.
މި ލިޔުން ކިޔާލުމުން