ޕްރޮފެޝަނަލް އެކައުންޓަންޓުން ތަމްރީނުކުރުމަށް ހުޅުވާލެވުނު ސްކޮލަރޝިޕަށް ހޮވުނު ދަރިވަރުންނަށް ލިޔުން ހަވާލުކޮށްފިއެވެ.
އެކައުންޓަންޓުންނަށް ޚާއްސަކޮށްގެން ހުޅުވާލި ސްކޮލަރޝިޕްގައި 100 ދަރިވަރުންނަށް ސްކޮލަރޝިޕް ދީފައިވާ ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.
މިސްކޮލަރޝިޕްތައް ހަވާލުކުރުމަށް ޤައުމީ ޔުނިވަރސިޓީގެ ސެންޓްރަލް އޮޑިޓޯރިއަމުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދުއެވެ. މި ރަސްމިއްޔާތުގައި އެވުޒާރާގެ އިސްވެރިންނާއި، އިންސްޓިޓިއުޓް އޮފް ޗަރޓަރޑް އެކައުންޓަންޓްސް އޮފް މޯލްޑިވްސްގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ޕްރޮފެޝަނަލް އެކައުންޓަންޓުން ތަމްރީނުކުރުމަށް ހުޅުވާލެވުނު ސްކޮލަރޝިޕަށް ހޮވުނު ދަރިވަރުންނަށް ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. ޕްރޮފެޝަނަލް އެކައުންޓަންޓުންނަށް ޚާއްސަކޮށްގެން ހުޅުވާލި ސްކޮލަރޝިޕްގައި 100 ދަރިވަރުންނަށް ސްކޮލަރޝިޕް ދީފައިވެއެވެ. pic.twitter.com/zdYEcLBwuB
— Min. of Higher Edu, Labour and Skills Development (@MoHEmv) April 15, 2025
މި ސްކޮލަރޝިޕްގެ ސަބަބުން ގިނަ ދަރިވަރުންނަށް ފުރުޞަތު ލިބި، ޤައުމަށް ބޭނުންވާ ޕްރޮފެޝަނަލް އެކައުންޓަންޓުން އުފެއްދުމަށް މަގުފަހި ވެގެންދާނެކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީނު ކުރުމަށް ސަރުކާރުން ސްކޮލަރޝިޕް ފުރުސަތު ހުޅުވައި ދަރިވަރުން ހޮވާފައިވާއިރު މީގެ ކުރިންވެސް މިފަދަ ސްކޮލަރޝިޕްތައް ވަނީ ދީފައެވެ. އެގޮތުން މިއަހަރުދިން ސްކޮލަރޝިޕްތަކާއެކު މިހާތަނަށް މިދާއިރާއިން 500 ސްކޮލަރޝިޕް ފުރުސަތު ފަހިކޮށްދީފައިވާކަން ސީއޭ މޯލްޑިވްސްއިން ވަނީ ފާހަގަކުރައްވާފައެވެ.
މި ލިޔުން ކިޔާލުމުން