ސައުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓް (ސައުދީ ފަންޑް) އިން، އެކްސްޕޭންޝަން އޮފް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް މަޝްރޫއަށް އިތުރު ފައިނޭންސިންގގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ ގޮތުގައި 63,750,000.00 (ފަސް ދޮޅަސް ތިން މިލިއަން ހަތް ސަތޭކަ ފަންސާސް ހާސް) ސައުދީ ރިޔާލްރިޔާލްގެ ލޯނު އެއްބަސްވުމުގައި ދިވެހި ސަރުކާރާއި ސައުދީ ފަންޑާއި އެކު މިއަދު ސޮއިކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ، އަލްފާޟިލް މޫސާ ޒަމީރުއެވެ. ސަޢޫދީ ފަންޑުގެ ފަރާތުން ސޮއިކުރެއްވީ އެ ފަންޑުގެ ޗީފް އެގްޒެކެޓިވް އޮފިސަރ, މިސްޓަރ ސުލްޠާން ޢަބްދުއްރަޙްމާން އަލްމުރްޝަދެވެ.
އެކްސްޕޭންޝަން އޮފް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްޕްރޮޖެކްޓްގެ ދެވަނަ އެޑިޝަނަލް ލޯންގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި، ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމެންޓާއިއެކު ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓް ތަރައްޤީކުރުމުގެ މަޝްރޫއަށް ހަމަޖެހިގެން ދިޔަ އިތުރު ފައިނޭންސިންގގެ ސަބަބުން މިމަޝްރޫއު އަވަސް ސްޕީޑެއްގައި ނިމުމަށް އެހީތެރި ވެގެން ދާނެ ކަމަށް ފިނޭންސް މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި މި މަޝްރޫޢު ނިމުމާއި އެކު، ރާއްޖެއަށް އިޤްތިޞާދީ ގޮތުން ގިނަގުނަ ފައިދާތަކެއް ވެސް ލިބިގެންދާނެއެވެ. އެގޮތުން ފަތުރުވެރިންނަށާއި އިތުރު އެއާލައިންތަކަށް ޖާގަ ލިބި، ފަތުރުވެރިކަމާއި، ވިޔަފާރި އަދި ދަތުރުފަތުރުފަދަ ގުޅުންހުރި ސިނާއަތްތަކަށް ކުރިއެރުން ލިބިގެންދާނެއެވެ. މިކަމުގެ ސަބަބުން ޤައުމީ އުފެއްދުންތެރި ކަމުގެ މައިގަނޑު ބައެއް ޙިއްސާކުރާ ފަތުރުވެރިކަމުގެ ސިނާޢަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.
މި ލިޔުން ކިޔާލުމުން