ފިލިޕީންސްގެ ފްލައިން ސްކޫލެއްގައި ޕައިލެޓު ތަމްރީން ހަދަމުންދަނިކޮށް މަތިންދާބޯޓެއްގެ ބުރަފަތީގައި ޖެހި އަނިޔާވި ދިވެހި ދަރިވަރުގެ ހާލު، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ބައްލަވާލައްވައިފިއެވެ.
މިކަން ހާމަކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ އަނިޔާވި ދަރިވަރު ކަމަށްވާ ޢަބްދުލް މާނިޢުގެ ބައްޕަ، ޢާމިރާ ފޯނުން ގުޅުއްވައި ދަރިވަރުގެ ޙާލަތާ ގުޅޭގޮތުން މިއަދު ވާހަކަ ދައްކަވާފައިވާ ކަމަށާއި، ދަރިފުޅުގެ މަންމައާއި ބޭބެ ފިލިޕީންސް އަށް މިހާރު ދެވިއްޖެ ކަމަށާއި މާތްﷲގެ ވާގިފުޅާއެކު ދަރިފުޅު ރަނގަޅުވަމުން އަންނަ ކަމަށް ޢާމިރު ވިދާޅުވި ކަމަށެވެ.
ފިލިޕީންސްގެ ފްލައިން ސްކޫލެއްގައި ޕައިލެޓް ތަމްރީނު ހަދަމުންދިއުމުގެ ތެރޭ މަތިންދާބޯޓުގެ ބުރަފަތީގައި ޖެހި އަނިޔާވި ދަރިވަރު، ޢަބުދުލް މާނިޢުގެ ބައްޕަ، އާމިރު އާ ފޯނުން ގުޅާ ދަރިވަރުގެ ޙާލަތާ ގުޅޭގޮތުން މިއަދު ވާހަކަ ދައްކާލެވުނު. ދަރިފުޅުގެ މަންމައާއި ބޭބެ ފިލިޕީންސް އަށް…
— Abdulla Khaleel (@abkhaleel) April 13, 2025
މީގެ އިތުރުން ވަޒީރު ވިދާޅުވީ ޚާރިޖީ ވުޒާރާއިންނާއި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއާއި ސިވިލް އޭވިއޭޝަނުންވެސް ގުޅުއްވައި ދަރިވަރުގެ ހާލު އޮޅުންފިލުއްވި ކަމަށާއި، ސަރުކާރުން މިހާ ގާތުން މިކަން ބަލަމުން ގެންދާތީ އުފާކުރައްވާ ކަމަށް ދަރިވަރުގެ ބައްޕަ ވިދާޅުވި ކަމަށެވެ.
"އަދި ފިލިޕީންސް ގައި ތިބި ކިޔަވާ އެހެން ދަރިވަރުންގެ ފަރާތުން މިފަދަ ވަގުތެއްގައި ލިބެމުންދާ އެހީތެރިކަން ފާހަގަކުރައްވާ، އެކަމާ ޝުކުރުވެރިވާ ކަމަށް ވެސް ވިދާޅުވި"، ވަޒީރުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ވަޒީރު ޑރ. ޚަލީލް ވިދާޅުވީ މި ޙާދިސާގެ ރިޕޯޓް ލިބުނު ވަގުތުން ފެށިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާ އެއްގޮތަށް ދިވެހި ސަރުކާރުން ދަރިވަރުގެ ޙާލު ވަރަށް ކައިރިން ބަލަމުންދާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން