ފުލުހުންގެ ތަމްރީނުތަކެއް މިއަދު މެންދުރު ފަހު ހުޅުމާލޭގެ ފޭސް1 ގައި ކުރިއަށް ގެންދާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މިއަދު މެންދުރުފަހު ތަމްރީނުތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 2:00 އިން ހަވީރު 5:00 އަށެް ކަމަށެވެ.
މި ތަމްރީނުތަކުގައި ފުލުހުންގެ ސްޕެޝަލިސްޓް ރެސްޕޮންސް ޓީމްތައް ބައިވެރިވާނެކަން ފާހަގަކުރަމުން، ފުލުހުން ބުނީ މިއީ އޮޕަރޭޝަނަލް ތައްޔާރީތަކާއި ކޯޑިނޭޝަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ބާއްވާ ތަމްރީނު ޕްރޮގްރާމެއް ކަމަށެވެ.
The Maldives Police Service will be conducting an operational training exercise today in Hulhumalé Phase 1, from 2:00 PM to 5:00 PM.
MPS specialist response teams will participate in this exercise as part of ongoing efforts to enhance operational readiness and coordination.
1/2— Maldives Police (@PoliceMv) April 13, 2025
އެހެންކަމުން، މި ތަމްރީނުތައް ހިނގަމުންދާ ވަގުތުތަކުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އެދިފައެވެ. އަދި ތަމްރީނުގެ ވަގުތުގައި ފެންނަ މަންޒަރުތަކާއި ހަރަކާތްތަކަށް ކަންބޮޑުނުވުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.
މި ލިޔުން ކިޔާލުމުން