މި އަހަރުގެ އޮގަސްޓު މަހުގެ 15 ވަނަ ދުވަހުގެ ކުރިން، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ނިންމައިފިއެވެ.
އިދިކޮޅު މައި ޕާޓީ، އެމްޑީޕީން މި ނިންމުން ނިންމާފައި ވަނީ ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައެވެ.
އެ ނިންމުން ނިންމާފައި ވަނީ ގައުމީ މަޖިލީހުގެ މި ޖަލްސާގައި ރޭ ބައިވެރިވި 71 މެންބަރުންގެ ވޯޓުންނެވެ.
ގައުމީ މަޖިލީހުގެ ހަތަރު ވަނަ ދައުރުގެ 22 ވަނަ ޖަލްސާ ޕާޓީ އޮފީހުގައި ކުރިއަށްދަނީ. pic.twitter.com/pl5baSu9jb
— MDP Secretariat (@MDPSecretariat) April 12, 2025
އެމްޑީޕީން އެކްސްޓްރާއޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަ މި ދަނޑިވަޅަކީ، އެ ޕާޓީގެ ފަރާތުން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެ ފަރާތްތަކުގެ ވާހަކަތައް ވެސް ދެކެވެމުން އަންނަ ދަނޑިވަޅެއްކަން ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އެމަނިކުފާނު އިސްވެ ހުންނަވައި އުފެއްދި ޕާޓީ "ދަ ޑިމޮކްޓްސް" އަށް އޮންމެ ރަނގަޅޫ ގޮތަކީ އެމްޑީޕީއާއި ގުޅުން ކަމަށް ވަނީ ވިދާޅުވެފައެވެ.
މި ލިޔުން ކިޔާލުމުން