ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، ތުރުކީވިލާތުގެ މިނިސްޓަރ އޮފް ކަލްޗަރ އެންޑް ޓޫރިޒަމް، މެހެމަތު ނޫރީ އެރްސޯއީ އާ ބައްދަލުކުރައްވައިފިއެވެ.
ޚާރިޖީ ވުޒާރާއިން ހާމަކުރި ގޮތުގައި މި ބައްދަލުވުމުގައި ދެ ވަޒީރުން ވަނީ ރާއްޖެއާއި ތުރުކީވިލާތާ ދެމެދު ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.
Minister of Foreign Affairs Dr. @abkhaleel met with the Minister of Culture and Tourism of Türkiye, @MehmetNuriErsoy, today.
Explored opportunities to enhance cooperation in the field of tourism. pic.twitter.com/y20TxMeAie
— Ministry of Foreign Affairs 🇲🇻 (@MoFAmv) April 11, 2025
މި ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ ވަޒީރު ޑރ. ޚަލީލް މިހާރު ތުރުކީވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅަކީ އަންތާލިޔާ ޑިޕްލޮމަސީ ފޯރަމްގެ ހަތަރުވަނަ އެޑިޝަންގައި ބައިވެރިވެވަޑައިގަތުމަށް ތުރުކިޔޭގެ ޚާރިޖީ ވަޒީރު، ހަކާން ފިދާންގެ ދަޢުވަތަކަށް ވަޒީރު ޑރ. ޚަލީލް ކުރައްވާ ދަތުރުފުޅެކެވެ.
މި ފޯރަމްގައި ބައިވެރިވެވަޑައިގެންނެވުމަށް ވަޒީރު ޑރ. ޚަލީލް ތުރުކީވިލާތަށް ފުރާވަޑައިގެންނެވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
މި ލިޔުން ކިޔާލުމުން