މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީ.ކޭ.އެމް.ޔޫ) ގެ ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ.
އެ ވުޒާރާއިން ހާމަކުރި ގޮތުގައި މި ބައްދަލުވުމުގައި، ބޮޑު ކަންނެލީގެ މަސްވެރިކަމުގައި ހުރި ގޮންޖެހުންތައް ޔޫނިއަންގެ ފަރާތުން ވަނީ ހިއްސާކުރައްވައި، އެ ގޮންޖެހުންތައް ހައްލުކުރުމަށް ކަމާގުޅޭ ފަރާތްތަކާއެކު މަސައްކަތް ކުރުމަށް ޔޫނިއަންގެ ފަރާތުން ތައްޔާރަށް އޮތްކަން ފާހަގަކުރެއްވިއެވެ.
ވަޒީރު އަޙްމަދު ޝިޔާމް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީ.ކޭ.އެމް.ޔޫ) ގެ ބޭފުޅުންނާ ބައްދަލުކުރެއްވުން.
މިބައްދަލުވުމުގައި، ބޮޑު ކަންނެލީގެ މަސްވެރިކަމުގައި ހުރި ގޮންޖެހުންތައް ޔޫނިއަންގެ ފަރާތުން ހިއްސާ ކޮށްފައި ވޭ. އަދި އެ ގޮންޖެހުންތައް ހައްލުކުރުމަށް ކަމާގުޅޭ… pic.twitter.com/wOV08jckb2
— Ministry of Fisheries and Ocean Resources (@MFORmv) April 11, 2025
މީގެ އިތުރުން މި ބައްދަލުވުމުގައި ވަނީ މިހާތަނަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އިން ހިއްސާކުރި ގޮންޖެހުންތަކަށް ހައްލު ގެނެވިފައިވާ މިންވަރު ހިއްސާކުރައްވައިފައެވެ.
އަދި ބޮޑުކަންނެލީގެ މަސްވެރިކަން ދުވަހެއް ދުވަހަކަށް ހީނަރުވަމުން ދާތީ، މި މަސްވެރިކަން ތަރައްޤީކޮށް އާމްދަނީ އިތުރު ކުރުމަށާއި، ޒުވާނުން މި މަސްވެރިކަމަށް ނެރުމަށް އެ ވުޒާރާއާއި ޔޫނިއަން އާ ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުންވެސް ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.
މި ލިޔުން ކިޔާލުމުން