އައްޑޫ ސިޓީގެ 18 މިސްކިތެއްގައި ސޯލާ ހަރުކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ހާމަކުރި ގޮތުގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ ގިންގް އޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މިގޮތުން އިއްޔެ ވަނީ މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
އައްޑޫ ސިޓީގެ 18 މިސްކިތް ސޯލާ ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި އައްޑޫ ސިޓީ ކައުންސިލާއި ވިންގް އޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އެކު ސޮއި ކުރުމުގެ ތެރެއިން.
މިއީ ސައިޓް ހަވާލުކުރާ ދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި 1/2 pic.twitter.com/yqFrRngt7e— Addu City Council (@AdduCityCouncil) April 10, 2025
މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ސައިޓް ހަވާލުކުރާ ދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި މަޝްރޫޢުގެ ޖުމުލަ އަގަކީ 2،250،261.00ރ. އެވެ.
މި ލިޔުން ކިޔާލުމުން