ނ. ވެލިދޫ ހޮސްޕިޓަލާއި ރިހެބިލިޓޭޝަން ސެންޓަރާއި ޕޮލިސް ސްޓޭޝަނަށް ބޭނުންވާ ސާމާނު އެ ރަށަށް ފޮނުވައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ މި މަސައްކަތްތައް ހަވާލުކޮށްފައިވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
ނ.ވެލިދޫ ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތާއި އެރަށުގައި ޤާއިމްކުރެވޭ ކޮމިޔުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރުގެ މަސައްކަތުގެ އިތުރުން ޕޮލިސް ސްޓޭޝަންގެ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު މިހާރުވަނީ އެރަށަށް ފޮނުވިފައި.#TeamRDC pic.twitter.com/mLBN9esCl8
— Road Development Corporation Ltd (@rdcmaldives) April 10, 2025
މިގޮތުން އާރުޑީސީން ބުނީ ވެލިދޫ ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތާއި އެރަށުގައި ޤާއިމްކުރެވޭ ކޮމިޔުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރުގެ މަަސައްކަތުގެ އިތުރުން ޕޮލިސް ސްޓޭޝަންގެ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު މިހާރު އެ ރަށަށް ފޮނުވިފައިވާ ކަމަށެވެ.
ވެލިދޫގައި ހޮސްޕިޓަލަކާއި ރިހެބިލިޓޭޝަން ސެންޓަރެއް ޤާއިމްކުރުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.
މީގެ ތެރެއިން ވެލިދޫ ހޮސްޕިޓަލްގެ އައު ޢިމާރާތުގެ މަސައްކަތް ހަވާލުކުރީ ޖުމުލަ 108,322,537.03 ރުފިޔާ އަށެެވެ. އެއީ 540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.
މި ލިޔުން ކިޔާލުމުން