ހުޅުމާލޭގައި 30 އެނދުގެ ޑަޔަލިސިސް ސެންޓަރެއް ހެދަމުންދާ ކަމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ ސީއީއޯ އަބުދުރައްޒާޤް ހަލީމް ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ހަލީމް ވިދާޅުވީ، މިހާރު ހުޅުމާލޭ ހޮސްޕިޓަލުގައި ޑަޔަލިސިސްގެ ޚިދުމަތް ދެމުން އަންނަނީ 10 އެނދުގެ ޖާގައާއި އެކު ކަމަށެވެ.
އެހެން ނަމަވެސް ހުޅުމާލޭގައި ދިރިއުޅޭ އާބާދީއަށް އަމާޒުކޮށްގެން މިހާރު ޖާގަ އިތުރުކުރުމަށްޓަކައި ، ހުޅުމާލޭގައި ހުންނަ އިންފެކްޝަސް ޑިސީސް މެނޭޖްމަންޓް ސެންޓަރުގައި 30 އެނދުގެ ޑަޔަލިސިސް ޚިދުމަތް ދެވޭނެ ތަނެއް ހެދުމުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ހަލީމް ވިދާޅުވިއެވެ.
ހަލީމް ވިދާޅުވީ މިކަމުގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ، މި ޚިދުމަތް ހޯދާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
މީގެ އިތުރުން ހުޅުމާލޭގެ ހޮސްޕިޓަލުގެ ޖާގަ އިތުރު ކުރުމަށް ގިނަ މަސައްކަތެއް ކުރައްވަމުން އަންނަ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ލިޔުން ކިޔާލުމުން