ކ އަތޮޅުން ފެށިގެން ލ އަތޮޅާއި ހަމައަށް ރީނދޫ އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހެނދުނު 10:45 ން ފެށިގެން މެންދުރު ދޭއް ޖެހުމާއި ހަމައަށް ރީނދޫ ސަމާލު މި ނެރުނީ ބޯކޮށް ވާރޭވހި 40 މޭލަށް ވައިގަދާވާނެ ކަމަށް ލަފާކޮށްފައެވެ.
މީގެ ކުރިން މިއަދު ހެނދުނު ވަނީ މި ހިސާބަށް ހުދު ސަމާލު ނެރެފައެވެ.
Yellow Advisory torrential rain and thunderstorms with gust winds of 40 mph and rough seas. pic.twitter.com/5080WIdtBT
— Maldives Meteorology (@MetMaldives) April 9, 2025
އިއްޔެ އިން ފެށިގެން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މުސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާ އިރު ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ މޫސުން ބޯކޮށް ވާރޭވެހި ބައެއް ސަރަހައްދު ތަކަށް އެކި ގަޑިތަކުގައި ވައިގަދާވާނެ ކަަމަށް ވަނީ ލަފާކޮށްފައެވެ.
މި ލިޔުން ކިޔާލުމުން